ރަމަޒާން ފެސްޓްގެ މެއިން ސްޕޮންސާއަކަށް 'ޝީޝާ' ހަމަޖެއްސުން (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓުގެ މެއިން ސްޕޮންސަރަކަށް ޝީޝާ

ފެސްޓަށް ޒިޔާރަތް ކުރާ މީހުންނަށް ޝީޝާ އިން ބޮޑު އިނާމެއް ހުށަހަޅާފައި ވާއިރު، ރަމަޒާން ފެސްޓު އޮންނާނީ އަންނަ މަހުގެ 21 އިން 24އަށް

ރޯދަ މަހަަށް މަރުހަބާ ކިޔުމަށް، އަންނަ ފެބްރުއަރީ މަހު ބާއްވާ 'ރަމަޒާން ފެސްޓު'ގެ މެއިން ސްޕޮންސަރަކަށް ޝީޝާ ހަމަޖައްސައިފި އެވެ.

އެނގުން މުހިއްމު - ޝީޝާ އަކީ ހޮންޑާ ސައިކަލް އަދި ޕަވަ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 21 އިން 24 ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ރަމަޒާން ފެސްޓަށް ޒިޔާރަތް ކުރާ މީހުންނަށް ޝީޝާ އިން ބޮޑު އިނާމެއް ހުށަހަޅާފައިވެ އެވެ.

ތަފްސީލް -  މިދިޔަ އަހަރު ކުރިއަށްދިޔަ 'މޯލްޑިވްސް ފުޑް ކާނިވަލް' އިންތިޒާމުކުރި ތިންކް އެސޯސިއޭޓްސް އަދި ޓޭސްޓް އެމްވީ ގުޅިގެން ކުރިއަށްގެންދާ ރަމަޒާން ފެސްޓަކީ ރޯދައަށް ބޭނުންވާ ތަފާތު ސާމާނު އެއް ތަނަކުން ލިބޭނެ ގޮތަށް އިންތިޒާމުކޮށް، ކުރިއަށްގެންދާ ހަރަކާތެކެެވެ.

މި ފެސްޓުގެ ތެރެއިން ޝީޝާގެ ޓެންޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ވެސް ލިބޭނެ އެވެ

އޭގެ ތެރޭގައި:

  • ވަގުތުން ސައިކަލު ގަތުމުގެ ފުރުސަތު

  • މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އިންސްޓޯލްމެންޓު މެދުވެރިކޮށް ސައިކަލު ގަތުން

  • ބްރަދާސް މޮޓޯ އިންސްޓޯލްމެންޓު މެދުވެރިކޮށް ސައިކަލު ގަތުން

ޝީޝާ އިން ވިއްކާ ސައިކަލުތަކެއް: ފެސްޓުގެ ތެރެއިން ވަގުތުން ފައިސާ ދައްކާ ސައިކަލު ގަތުމުގެ ފުރުސަތު އޮންނާނެ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މި ފެސްޓުގެ މުއްދަތުގައި ޝީީޝާގެ ޓެންޓަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ހަދިޔާތައް ވެސް ދޭނެ އެވެ. ޝީޝާ އިން ބުނީ، ފެސްޓަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން:

  • ޝީޝާގެ ސްޓޯލަށް ޒިޔާރަތް ކުރާ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ 

  • ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ހަރަކާތްތައް ހިމަނާފައިވާނެ

  • ރަމަޒާން ފެސްޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޝީޝާއިން ދޭ ގްރޭންޑް ޕްރައިޒް، ފެސްޓަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ކުރިއަށް ގެންދިއުން

ފާހަގަ ކުރެވޭ ކަމެއް - ރަމަޒާން ފެސްޓުގައި ގިނަ ވިޔަފާރިތަކުން ބައިވެރިވާއިރު، ހިފާ ގެންގުޅޭ ތަކެއްޗާއި ކާބޯތަކެއްޗާއި ބަދިގޭގައި ބޭނުންކުރާ އެކި ސާމާނު ގަންނަން ލިބޭނެ ބާޒާރެއް މި ފެސްޓުގައި ކުރިއަށް ދާނެ އެވެ.

ފެސްޓިވަލުގެ މަގުސަދަކީ ރޯދަ މަހުގެ ކުރިއަށް އެންމެން އެކީ ބައްދަލުކޮށްލެވޭނެ އުފާވެރި މާހައުލެއް ހޯދައިދިނުމެވެ.

ގުޅުން ހުރި ކަމެއް - މި ފެސްޓިވަލްގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް