1 ފެބްރުއަރީ 2022، އަންގާރަ: ސީޕްލޭންގެ ހިދުމަތްދޭ ޓީއެމްއޭގެ ބޯޓުތަކެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިދިޔަ އަންގާރަ ދުވަހު ސީޕްލޭން ދަތުރުތަކުގެ ރެކޯޑެއް

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނި އޮންނައިރު އަހަރުގެ ދެވަނަ ދުވަހު އެއާޕޯޓުގައި 649 ސީޕްލޭން މޫމަންޓު ހިނގާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނި

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ސީޕްލޭން މޫވްމަންޓް ނުވަތަ ދަތުރުތަކުގެ ރެކޯޑެއް ހަދާފައިވާ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނި އޮންނައިރު އަހަރުގެ ދެވަނަ ދުވަހު އެއާޕޯޓުގައި 649 ސީޕްލޭން މޫވްމަންޓު ހިނގާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ ކުރިން އެންމެ ގިނަ ސީޕްލޭން މޫވްމަންޓުސް ރެކޯޑު ކުރެވިފައިވަނީ މިދިޔަ ފެބްރުއަރީގަ އެވެ. ފެބްރުއަރީ 19 ގައި629 ސީޕްލޭން މޫވްމަންޓު ރެކޯޑު ކުރެވިފައިވެ އެވެ.

ތަފްސީލް - އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދުވާލުގެ ވަގުތުގައި އަންނަ ގިނަ ފަތުރުވެރިން ރިސޯޓުތަކަށް އުފުލަނީ ސީޕްލޭންގަ އެވެ.

ފިނި މޫސުމުގެ ޗުއްޓީގައި ރައްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެ ދުވަހަކަށް ވާތީ، އިންޓަނޭޝަނަލް ދަތުރުކުރާ ފަސިންޖަރުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން ވަނީ އެދިފަ އެވެ.

ގުޅުން ހުރި - ޓޫރިސްޓު ސީޒަނަށް ވެލާނާ އެއާޕޯޓުން މި އަހަރު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެގޮތުން ސީޒަނުގައި ރާއްޖެ އަންނަ މުއްސަނދި މަހުޖަނުންގެ ޖެޓުތައް ޕާކު ކުރާނެ ޖާގަ އިތުރުކޮށްފައިވާއިރު ޖުމްލަ 68 ޖެޓު ޕާކު ކުރެވޭނެ ޖާގަ މިހާރު ވީއައިއޭގައި ވަނީ ގާއިމްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް