މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ ހެޑް އޮފީސް (ފައިލް ފޮޓޯ/ އެމްއައިބީ)

އެމްއައިބީ

އެމްއައިބީގެ ބޭންކިން ހިދުމަތްތައް ވަގުތުން ހޯދާލެވޭ ތަފާތު ކޭޝް ކާޑެއް ތައާރަފްކޮށްފި

ބޭންކުގެ ބްރާންޗުތަކާއި ސޭލްސް ސެންޓަރުތަކުގައި ވަގުތުން ލިބެން ހުންނަ އިންސްޓެންޓް ކާޑް ކިޓުގައި އޮންނަ ކިއުއާރު ކޯޑު ސްކޭންކޮށްގެން އެމީހެއްގެ އެކައުންޓަށް ކާޑު ލިންކު ކުރެވޭނެ ކަމަށް އެމްއައިބީ އިން ބުނި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަގުތުން އެކްޓިވޭޓު ކުރެވޭ ކޭޝްް ކާޑެއް ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއައިބީން ބުނީ، އެ ބޭންކުގެ އެކައުންޓު ވެސް އޮންލައިންކޮށް މިހާރު ވަގުތުން ހުޅުވޭނެ ކަމަށާއި އެއާ އެކު މިހާރު ކާޑު ވެސް ވަގުތުން އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ.

ތަފްސީލް -  އެ ބޭންކުގެ ބްރާންޗުތަކާއި ސޭލްސް ސެންޓަރުތަކުގައި ވަގުތުން ލިބެން ހުންނަ 'ސެލްފް ސާވިސް ވިސާ އިންސްޓެންޓް ޑެބިޓް ކާޑް' ކިޓުގައި އޮންނަ ކިއުއާރު ކޯޑު ސްކޭންކޮށްގެން އެމީހެއްގެ އެކައުންޓަށް ކާޑު ލިންކު ކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީ އިން ތައާރަފު ކުރި ވަގުތުން އެކްޓިވޭޓު ކުރެވޭ ވިސާ އިންސްޓެންޓް ޑެބިޑް ކާޑު

 މި އިންސްޓެންޓް ކާޑް ކިޓް ބޭނުންކޮށްގެން އެމްއައިބީގެ އެކައުންޓެއް ނެތް ކަސްޓަމަރުންނަށް ވެސް އެކައުންޓު ހުޅުވައި ކާޑުގެ ހިދުމަތް ވަގުތުން ހޯދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އެގޮތުން:

  • ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ ހުރިހާ ހިދުމަތެއް ފަސޭހަކޮށް ލިބޭނެ

އެނގުން މުހިއްމު - އެމްއައިބީން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ބޭންކިން ހިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އަވަސް ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް 'އެޕްލައިނައު ޕޯޓަލް' އާއި އުޖާލާ ފައިނޭންސިންގެ ހިދުމަތްތަކަށް 'އުޖާލާ ނައު ޕޯޓަލް' ވެސް ވަނީ އެ ބޭންކުން ތައާރަފުކޮށްފަ އެވެ.

ކޮމެންޓް (1)

ސަމަރުބުލޫ

4 ޖެނުއަރީ 2024
ދޮގު ނުހަދާ. ވަގުތުން އެކައުންޓެއް ނުހުޅުވޭ. 2 މަސް ނެގި މަ އެކައުންޓެއް ހުޅުވަން އޮންލައިން ކޮށް އެޕްލައި ކޮށްގެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް