ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އިގްތިސާދު

ފަތުރުވެރިކަން ސިންދަފާތުކުރަން ކ. އަތޮޅުގެ 5 ރިސޯޓެއް ހާއްސަ ކުރަނީ

ވިޒިޓާ އިކޮނޮމީ އަށް ޕްރައިވެޓް ސެކްޓާ އަހުލުވެރި ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފޯރަމްތަކެއް ބާއްވަން ވަނީ ނިންމާފައި

ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މިހާރު އެ ސިނާއަތުގައި ކުރިއަރުވަން ބޭނުންވާ ދާއިރާތަކަށް ރިއާޔަތްކޮށް ކ. އަތޮޅުގައި ތަރައްގީ ކުރާ ފަސް ރިސޯޓެއް އެ ދާއިރާތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމައިފި އެވެ.

އެނގުން މުހިއްމު - ރާއްޖޭގައި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން ވިޒިޓް އިކޮނޮމީ ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފެއްދީ މި ސަރުކާރުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުން ފާސްކޮށްގެންނެވެ. އެގޮތުން:

  • އެ ކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަމުގެ އެކި އެކި ވައްތަރުތައް ޕްރޮމޯޓުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުން

  • އެ ކައުންސިލާ އެކު ރާއްޖޭޭގައިި ސިއްހީ ޓޫރިޒަމް އާއި ދަތުރުފަތުރު އަދި ތައުލީމީ ޓޫރިޒަމް ފަދަ ޓޫރިޒަމްގެ އިތުރު ވައްތަރުތައް ކުރިއެރުވުމުގެ މަސައްކަތް ކުރާނެ 

  • މީގެ އިތުރުން ރާއްޖެ، ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ގޮތުގައި ކުރިއަރުވައި އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނެ

ތަފްސީލް - އެ ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހިއްސާކުރައްވާ ރައީސްް އޮޮފީހުގެ ޕޮލިސީ މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ ވިޒިޓާ އިކޮނޮމީ އަށް ފޯކަސް ކޮށްގެން ހާސިލްކުރެވޭނެ ކަންތައް ދެނެގަނެ މި އަހަަރު ހާސިލް ކުރަން ބޭނުންވާ ކަންތައް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިޒިޓާ އިކޮނޮމީ އަށް ޕްރައިވެޓް ސެކްޓާ އަހުލުވެރި ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފޯރަމްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މީގެ ސަބަބުން ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން މި ސިނާއަތުގައި އިތުރުވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ:

  • ކ. އަތޮޅުގައި ތަރައްގީ ކުރާ 5 ރިސޯޓެއް ރާއްޖޭގައި ކުރިއަރުވަން ޖެހޭ ބާވަތުގެ ޓޫރިޒަމަށް ހާއްސަކޮށް ހެދުން 

  • އެކަމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަން ނިންމި ކަމަށް ވެސް ބުނި

"މިގޮތުން ކ. އަތޮޅުގައި ފަސް ރިސޯޓެއް ތަރައްގީކޮށް ނިންމާ، މާކެޓަށް ނެރުމުގެ ކަންކަން 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ވިޒިޓާ އިކޮނޮމީ ކައުންސިލުން ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް