ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަރުހަބާގެ ޖާފަތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އިގްތިސާދު

ޓްރާންސްޝިޕްމެންޓް ވިޔަފާރިއަށް ހާއްސަ ކުންފުންޏެއް އުފައްދަނީ

އަލަށް އުފައްދާ ކުންފުންޏަކީ ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރުކޮށް، ވެލިއު އެޑްކުރުމާއި ޓްރާންސްޝިޕްމެންޓް އަދި ރީ-އެކްސްޕޯޓު ވިޔަފާރި އަށް ހާއްސަ ކުންފުންޏެއް

ޓްރާންސްޝިޕްމެންޓް އަދި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަ %100 ދިވެހި ކުންފުންޏެއް އުފައްދަވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މިކަން އިއުލާނުކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ 'އެކްސް'ގައި ވިދާޅުވީ އެ ކުންފުނި އުފައްދަވަނީ 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން'ގެ ނަމުގައި ކަމަށެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވި ގޮތުގައި އަލަށް އުފައްދާ ކުންފުންޏަކީ ރާާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރުކޮށް، ވެލިއު އެޑްކުރުމާއި ޓްރާންސްޝިޕްމެންޓް އަދި ރީ-އެކްސްޕޯޓު ވިޔަފާރި އަށް ހާއްސަ ކުންފުންޏެކެވެ.

މި ކުންފުންޏާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

ފާހަގަ ކުރެވޭ ކަމެއް - ޓްރާންޝިޕްމެންޓް ވިޔަފާރިއަށް ހާއްސަ ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަން މިނިސްޓަރު ހާމަކުރެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން ރޭވި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓު ޕްރޮޖެންޓް، އައިހަވަން އާއި ލ. ގާދޫ ކައިރީ ތަރައްގީކުރަން އުޅުނު ވިޔަފާރި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް