ރެޑްވޭވް އިން މާލޭގައި ހިންގާ ރެޑްވޭވް ސެންޓްރަލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ރެޑްވޭވް

އާ އަހަރާ އެކު ރެޑްވޭވުން ރޯދަ ސޭލް ފަށައިފި

އެއްވަނަ އަށް 100،000ރ.ގެ ފައިސާގެ އިނާމު ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް 15ގެ ނިޔަލަށް

އާ އަހަރާ އެކު ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވުން ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑްވޭވުން ބުނީ ރޯދަ ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް 15 އާ ހަމައަށް ކަމަށެވެ.

ތަފްސީލް - މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެ ޒިޔާރަތްކުރާނެތީ، މިދުވަސްވަރު ސޭލް ފެށުމުން، ރޯދަ އަށް ވިޔަފާރިކުރަން އެ ކަސްޓަމަރުންނަށް ފަސޭހަވާނެ ކަން ރެޑްވޭވުން ފާހަގަކުރި އެވެ.

  • ރެޑްވޭވުގެ ރޯދަ ސޭލުގައި އެކި އައިޓަމްތަކުން %5 އާއި %50 އާ ދެމެދުގެ ޑިސްކައުންޓު ލިބޭނެ

  • ރޯދަ އަށް ހާއްސަ މުޅިން އާ އައިޓަމްތައް ވެސް މި އަހަރުގެ ސޭލްގައި ލިބޭނެ

ރެޑްވޭވް ރޯދަސޭލް މިއަދުން ފެށިގެން އޭޕްރީލް 15 އާ ހަމައަށް ކުރިއަށް ދާނެ

 ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވްގެ ފިހާރަތަކުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގައި އެންމެ ހާއްސަ ކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބުމެވެ.

އެގޮތުން

  • 1 ވަނަ އަށް100،000ރ.ގެ ފައިސާގެ އިނާމު ލިބޭނެ

  • ނަސީބު ވެރި އިތުރު 10 ފަރާތަކަށް 10،000ރ.ގެ ފައިސާގެ އިނާމު ލިބޭނެ

  • މީގެ އިތުރުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް ރެޑްވޭވުން ވިއްކާ އެކި ބްރޭންޑުތަކުން އަގުހުރި އިމާނު ލިބޭނެ

ރޯދަ ސޭލްގެ މުއްދަތުގައި ސޯޝަލް މީޑިއާގައި ވެސް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

  •  ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ފަރުނީޗަރާ ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ސާމާނު މިފަހަރުގެ ޕްރޮމޯޝަނުގައި ލިބެން ހުންނާނެ

ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭ ސޭލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް