މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން (ފޮޓޯ/ އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަން)

ޓޫރިޒަމް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސި ރައްޔިތެއް

ކޮންމެ އަހަރަކު ވެސް އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އިމިގްރޭޝަން ކްލިއާ ކުރާ ފުރަތަމަ ފަތުރުވެރިޔާ އަކީ އެ އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ ކަަމަށް ބަލާ، އޭނާ އަށް ހޫނު މަރުހަބާ އެއް ކިޔާ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ، އިނގިރޭސި ރައްޔިތަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އިމިގްރޭޝަން ކްލިއާ ކުރާ ފުރަތަމަ ފަތުރުވެރިޔާ އަކީ އެ އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ ކަަމަށް ބަލައި، އޭނާ އަށް ހޫނު މަރުހަބާ އެއް ކިޔަ އެވެ.

މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން (ފޮޓޯ/ އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަން)
މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން (ފޮޓޯ/ އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަން)

ތަފްސީލް - އެގޮތުން މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ބެންޖަމިން ޑަންކަން މޫރް އެވެ.

އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ ވެރިން އަދި އިމިގްރޭޝަނާއި އެމްއޭސީއެލްގެ ވެރިންނެވެ.

މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން (ފޮޓޯ/ އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަން)

ފާހަގަ ކުރެވޭ ކަމެއް - މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު މި ފެށުނު 2024 ވަނަ އަހަރު ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރު ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް