ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭރުގައި ބަޔަކު މަޑުކޮށްގެން

ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

މިއަދު ހެނދުނު ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތަކުގެ ޗެކް -އިން ކުރުމުގައި ލަސްތަކެއް ދިމާވި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކުރާ އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގެ ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތަކުގެ ޗެކް -އިން ކުރުމުގައި ލަސްތަކެއް ދިމާވެފައިވާ ކަަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ތަފްސީލް - މެންދުރު ފަހު އެމްއޭސީއެލް އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، ޓެކްނިކަލް މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ފަސިންޖަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފާހަގަ ކުރެވޭ - މި ދުވަސްވަރަކީ ސްކޫލު ބަންދަށް ވުމާ އެކު ގިނަ އަދަދެއްގެ ދިވެހިން ދަނީ އަތޮޅު ތެރެއަށް ދަތުރު ކުރަމުންނެވެ. ހަމައެއާ އެކު އާ އަހަރުގެ ޗުއްޓީ އަށް ރާއްޖެ އަންނަ ފަތުރުވެރިން ވެސް އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ހޯދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް