ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭރުގައި ބަޔަކު މަޑުކޮށްގެން

ޑޮމެސްޓިކް ދަތުރުތަކުގެ ޗެކް-އިން އަށް ބުރޫ އަރައިފި

އެމްއޭސީއެލް އިން ބުނީ ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޗެކް-އިން ކުރުމުގައި ލަސްތައް ދިމާވަމުންދާ ކަމަށާއި ފަސިންޖަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކުރާ އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގެ ޗެކް-އިން އަށް ބުރޫ އަރައިފި އެވެ.

ވީ ކިހިނެއް؟- އެއާޕޯޓު ހިންގާ އެމެމްއޭސީއެލް އިން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ އެތެރޭގެ އުދުހުންތަކުގެ ޗެކް އިން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ތަފްސީލް - އެ ކުންފުނިން 'އެކްސް'ގައި ބުނީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޗެކް-އިން ކުރުމުގައި ލަސްތައް ދިމާވަމުންދާ ކަމަށާއި ފަސިންޖަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

މައްސަލަ ހައްލު ކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ފާހަގަ ކުރެވޭ - މި ދުވަސްވަރަކީ ސްކޫލު ބަންދަށް ވުމާ އެކު ގިނަ އަދަދެއްގެ ދިވެހިން ދަނީ އަތޮޅު ތެރެއަށް ދަތުރު ކުރަމުންނެވެ. ހަމައެއާ އެކު އާ އަހަރުގެ ޗުއްޓީ އަށް ރާއްޖެ އަންނަ ފަތުރުވެރިން ވެސް އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ހޯދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް