ވީއައިއޭގައި ޕްރައިވެޓު ޖެޓުތައް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

އާ އަހަރު ޗުއްޓީ އަށް ޖެޓުތަކުން އެއާޕޯޓު ފުރާލައިފި

ވީއައިއޭ އަށް އަންނަ ޖެޓުތައް ޕާކު ކުރުމަށް ޖާގަ އިތުރުކޮށްފައިވާއިރު އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ ސުޕަ ޕީކް ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް

މަތީ ފަންތީގެ ފަތުރުވެރިންގެ ޖެޓުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރާލައިފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް އާ އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.  އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަތުރުވެރިން ވެސް ހިމެނެ އެވެ.

ވީއައިއޭގައި އެއާކްރާފްޓުތައް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

ތަފްސީލް - ރާއްޖޭގެ މައި އެއާޕޯޓް، ވީއައިއޭ ވަނީ މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީ އަށް ތައްޔާރުވެފަ އެވެ. އެ އެއާޕޯޓަށް އަންނަ ޖެޓުތައް ޕާކު ކުރުމަށް ޖާގަ އިތުރުކޮށްފައިވާއިރު އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ސުޕަ ޕީކް ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެމްއޭސީއެލްއިން ބުނީ:

  • ޖުމްލަ 68 ޖެޓު ޕާކު ކުރެވޭނެ ޖާގަ މިހާރު ވީއައިއޭގައި ވަނީ ހަދާފައި 

  • މިއީ އެ އެއާޕޯޓުގައި ޕްރައިވެޓް ޖެޓު ޕާކު ކުރުމަށް ކަނޑައެޅި ރެކޯޑު އަދަދެއް ކަމަށް ވެސް އެމްއޭސީއެލްއިން ބުނި

ވެލާނާ އެއާޕޯޓު (ފޮޓޯ/އެމްއޭސީއެލް)
  • މީގެ ކުރިން އެއާޕޯޓުގައި އެއްފަހަރާ ޕާކު ކުރެވެނީ 39 އެއާކްރާފްޓު

  • އާ ފިއުލް ފާމު ކުރިމަތިން ޕާކިން އަށް ތަރައްގީކުރި ޕާކިން ސަރަހައްދާއި ހުޅަނގު އުތުރު ސަރަހައްދުގައި ތަރައްގީ ކުރި ޕާކިން ޖާގަތަކާއެކު މި އަދަދު ވަނީ 68 އަށް އިތުރުވެފައި

  • މިއީ ފިނިމޫސުމުގެ ޗުއްޓީ އާ ދިމާކޮށް ރާއްޖެ އަށް ކުރާ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ކޭޓާ ކުރުމަށް އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ޕާކިން ޖާގަތަކެއް

ފާހަގަ ކުރެވޭ - މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދުވަސްވަރު އެވްރެޖުކޮށް ދުވާލަކު 6،000-7،000 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.

ކޮމެންޓް (1)

ހތިަދުޭ 1

30 ޑިސެމްބަރު 2023
ތި ކުރިއާ ބަލައި ވަރަށް މަދު އަދަދެއް. އަހަރެމެން ތި މަނޒަރު ފެނިފަ ތިބި މީހުންނަށްވީމަ އެބަ ބުނަން އިނގޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް