އަހުމަދު ޝަރީފް --

ސްޓޭޓް ޝިޕިން ކުންފުނީގެ އެމްޑީއަކަށް ޝަރީފު ހަމަޖައްސައިފި

ް ހިރިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާފަށް ފަހު، ޝްމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މަގާމެއްގައި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް ހަމަޖައްސަވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ޝިޕިން ކުންފުނީގެ އެމްޑީއަކަށް ޝަރީފް މިއަދު އައްޔަން ކުރެއްވި އިރު މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ކެޕްޓަން މުހައްމަދު ނާޒިމް އެވެ.

ތަފްސީލް - މި ސަރުކާރުން، ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި ޕޮލިސް ބޯޑަށް ވެސް އައްޔަން ކުރައްވާފައިވާ ޝަރީފް ވަނީ މީގެ ކުރިން އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. 

ތ. ހިރިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ޝަރީފް ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މަގާމެއްގަ އެވެ.

ގުޅުން ހުރި - އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު އައްޔަނު ކުރެއްވި އިރު އެ ކުންފުނީގެ ސީއޯއޯގެ މަގާމަށް މި މަހުގެ 21 ވަނަ ދުވަހު ކެޕްޓަން އިބްރާހިމް ރަފީއު ވަނީ އައްޔަނު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް