އެމްޓީސީސީގެ ޑީއެމްޑީ (ކ-ވ) ހަސަން މުގުނީ، މުހައްމަދު ޖަމްޝީދު އަދި ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސާ ހުސެއިން ނައުފަލް ނާސިރު

އެމްޓީސީސީ

އެމްޓީސީސީއަށް ތިން ޑީއެމްޑީން ލައި އިތުރު ފަސް މަގާމު އުފައްދައިފި

ޑީއެމްޑީންނަށް މުސާރަ އަދި އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 55،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވާނެ އަދި އިސް މެނޭޖްމަންޓަށް އަލަށް އިތުރުކުރި މަގާމުތަކަށް 45،000ރ. އަށް ވުރެ ބޮޑު އަދަދެއް މަހަކު ލިބޭނެ
27 ޑިސެމްބަރު 2023
3

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީއަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ންނާއި ހަމަ އެ ފެންވަރުގައި ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރަކާއި އަދި އިސް މެނޭޖްމަންޓަށް އާމަގާމުތަކެއް އިތުރުކޮށްފި އެވެ. 

ތަފްސީލް - ސަރުކާރުގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވާ ކުންފުނީގެ ސްޓްރަކްޗާ ޗާޓުންނާއި އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ހިމަނާފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ޑީއެމްޑީންގެ ގޮތުގައި ހަމަޖައްސާފައި ވަނީ: 

  • ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުގުނީ - ޑީއެމްޑީ

  • މުހައްމަދު ޖަމްޝީދު - ޑީއެމްޑީ

  • ހުސެއިން ނައުފަލް ނާސިރު - ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސާ

އެ ބޭފުޅުންނަށް މުސާރަ އަދި އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 55،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވާނޭކަން 'ދައުރު'އަށް ޔަގީންކުރެވިފައިވެ އެވެ. 

ދެން ސީނިއާ މެނޭޖްމަންޓަށް އަލަށް އިތުރުކުރި މަގާމުތަކަކީ: 

  • 1-

    ޗީފް އިންޖިނިއަރިން އެންޑް ޓެކްނިކަލް އޮފިސާ (ސީއީޓީއޯ)

  • 2-

    ޗީފް ޕްރޮކިއުމަންޓް އޮފިސާ (ސީޕީއޯ)

  • 3-

    ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސާ (ސީޕީއެމްއޯ)

  • 4-

    ޗީފް ސޭލްސް އޮފިސާ (ސީއެސްއޯ) 

  • 5-

    ޗީފް މާކެޓިން އެންޑް ޕީޕަލް އޮފިސާ (ސީއެމްޕީއޯ) 

'ދައުރު'އަށް ޔަގީންވެފައިވާ ގޮތުގައި އިސް މެނޭޖްމަންޓަށް އަލަށް އިތުރުކުރި މަގާމުތަކަށް އަދި ބޭފުޅުން އައްޔަނެއް ނުކުރެ އެވެ. އެ މަގާމަށް އައްޔަން ކުރާ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 45،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނޭކަން ވެސް ޔަގީންވެފައިވެ އެވެ. 

އެނގުން މުހިންމު - އެ ކުންފުނީގެ އެމްޑީއަކީ އަބްދުﷲ ޒިޔާދެެވެ. 

ފާހަގަކޮށްލެވޭ - އެމްޓީސީސީން މިއަހަރުގެ ތިން ވަނަ ކުއާޓާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ކުއާޓާގައި އެ ކުންފުންޏަށް ވަނީ: 

  • އާމްދަނީއަށް - 979.3 މިލިއަން ރުފިޔާ

  • ހިންގުމުގެ ހަރަދަށް - 885.9 މިލިއަން ރުފިޔާ 

  • ހިންގުމުގެ ފައިދާއަށް - 103.7 މިލިއަން ރުފިޔާ

  • ސާފު ފައިދާއަށް - 43.3 މިލިއަން ރުފިޔާ 

މިއަހަރުގެ ތިން ކުއާޓާ ނިމުނު އިރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް (3)

ރަޝީދު

27 ޑިސެމްބަރު 2023
ލާރި ނެތޭ ކިޔާފަ އާދައިގެ މުވައްޒަފުންގެ އަދަދު މަދުކޮށްފަ އިނާޔަތްތައް ކުޑަކުރިޔަސް މުސާރަ ބޮޑު މެނޭޖްމަންޓު މަގާމުތައް އިތުރުކުރެވޭ. ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހާލަތުގަޔޯލަ. ދެކޮޅުޖެހޭ ވާހަކައެއް ނޫން
1 0

ސޭކުސްތާން

27 ޑިސެމްބަރު 2023
މިތިބީ ޤައުމުދެކެ ހަޤީޤީ ލޯބިވާބޭފުޅުންކޮޅެއް ހޮވިވަ. މިކަލަ ޙަބަރުތައް ފެނުނީމަ ހަމަ އަންނަނީ ހިނި.
3 0

ބްރާންޗޯސް

27 ޑިސެމްބަރު 2023
އަޅެ ބަލާލަބަލަ ކުންފުނީގެ ރެވެނިއު އަދި ފައިދާގެ ތެރެއިން ސީދާ ސަރުކާރުން ނުއަގުގައި ތަނބަކަށްލާފަ ދީފަ ހުރި ޕްރޮޖެކްޓްތައް…. މިއީ އަމިއްލަ ފައިމައްޗަށް ތެދުވެ ބިޑަކަށް ލައިގެން ޕްރޮޖެކްޓެއް ހިންގޭނެ ތަނެއް ނޫން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް