ބިދޭސީންނަށް ހާއްސަކޮށްގެން ދިރާގުން ތައާރަފު ކުރި މޮބައިލް ޕްލޭނެއް (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ އިންޓަނެޓް ޕެކޭޖެއް ނަގައިގެން ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް

މި ޕްރޮމޯޝަންގެ ދަށުން އާ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ
21 ޑިސެމްބަރު 2023

ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން އާ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ އެވެ.

ތަފްސީލް - މި ޕްރޮމޯޝަންގައި:

  • ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ވެސް މި ބައިވެރިވެވޭނެ

  • ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށް

ބުނީ ކީކޭ؟ - "އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތައް، ކޮންމެ ވަގުތަކު ކޮންމެ ތާކަށް ދިޔައަސް، މެދުކެނޑުމެއް ނެތި ގުޅުވާލަދިނުން. އެގޮތުން، މި ހާއްސަ ޕްރޮމޯޝަނާ އެކު، މި ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލައި ގުޅުން ބަދަހިކޮށްލެވޭނެ،" ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވި އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް