މީގެ ކުރިން ބޭއްވި އުރީދޫ ފަން ރަން ހަރަކާތެއް (ފައިލް ފޮޓޯ)

އުރީދޫ

އުރީދޫ ފަން ރަންގައި ބައިވެރިވާން އިތުރު ފުރުސަތެއް

ފަން ރަންގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މޫލީ މެދުވެރިކޮށް ފަން ރަން ކިޓަށް އޯޑަރުކޮށް، ދުވުމުގައި ރެޖިސްޓްރީ ކުރެވޭނެ

ގިނަ ބަޔެއްގެ އެދުމުގެ މަތިން އުރީދޫ ފަން ރަންގައި ބައިވެރިވާން އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫ އިން މިއަދު ބުނީ ލިމިޓެޑް ސްލޮޓުތަކާ އެކު އެ ފުރުސަތު ހުޅުވާލި އިރު 5،000 އަށް ވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ތަފްސީލް - ފަން ރަންގައި ބައިވެރިވާން ބޭނުންވާ މީހުން މޫލީ މެދުވެރިކޮށް ފަން ރަން ކިޓަށް އޯޑަރުކޮށް، ދުވުމުގައި ރެޖިސްޓްރީ ކުރެވޭނެ އެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ. އެގޮތުން:

  • 100ރ.ގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ

  • 200ރ.ގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ

އުރީދޫ ފަން ރަން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެން ވެސް އުރީދޫ ފަން ރަންގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު ދެ އެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހަ އަހަރުން މައްޗަށް ވަނީ ހުޅުވާލައިފަ އެވެ. މަޖާ ހަރަކާތްތަކާ އެކު ކުރިއަށް ގެންދާ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ހަރަކާތެކެވެ.

  • ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބަހައްޓާފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ

  • މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމިދާނެ

  • ފަން ރަން އޮންނަ ދުވަހުގެ ރޭ މިއުޒިކް ޝޯއެއް ވެސް ހުޅުމާލޭގައި އޮންނާނެ

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް