ބޯޓިން އެވޯޑްސްގެ ދެ އެވޯޑެއް އެލިއާ އަދި ޔަމަހާއަށް (ފޮޓޯ/އެލިއާ)

އެލިއާ

ބޯޓިން އެވޯޑްސްގައި ޔަމަހާ އާއި އެލިއާއަށް 2 އެވޯޑު

އެލިއާ އަދި ޔަމަހާއަށް ވަނީ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނުގެ އެވޯޑާއި އެންމެ ރަނގަޅު އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑަރުގެ އެވޯޑު ލިބިފައި

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ދޭ ނޭޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އިންވެސްޓުމެންޓު އަދި ޔަމަހާއަށް ދެ އެވޯޑު ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެވޯޑު ހަފްލާގައި އެލިއާ އަދި ޔަމަހާއަށް ވަނީ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނުގެ އެވޯޑާއި އެންމެ ރަނގަޅު އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑަރުގެ އެވޯޑު ލިބިފަ އެވެ.

  • ނޭޝަނަލް ބޯޓިން އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މެރިން ދާއިރާގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ދެމުންދާ އެވޯޑެއް

ބޯޓިން އެވޯޑްސްގެ ދެ އެވޯޑެއް އެލިއާ އިންވެސްޓުމެންޓަށް (ފޮޓޯ/އެލިއާ)

ތަފްސީލް - އެލިއާ އަކީ ދަތުރުފަތުރުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ.

ގިނަ ބަޔަކު އިންޖީނުގެ އަޑަށް މަސްތައް ފިލާނެ ކަމަށް ގަބޫލުކުރި ޒަމާނުގައި އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފުކޮށް، އެއަށް ބޭނުންވާ ސްޕެއާޕާޓްސް ހިމެނޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް ނެތި ހިދުމަތް ކުރާތަ 49 އަހަރު ވެއްޖެ އެވެ.

އެލިއާ އިން ތައާރަފްކުރި ޔަމަހާ އައުޓްބޯޑް އިންޖީނަކީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ފުޅާވެގެންދިއުމުގައި އުޅަނދުފަހަރުގެ ދުވެލި ބާރުކޮށްދިން ބައިވެރިއެއް ވެސްމެ އެވެ.

އެލިއާ އިން ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ ވައްތަރަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް، ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ތައާރަފްކުރާ އިންޖީނުތަކެކެވެ.

މެކޭނިކުން ތަމްރީން ކުރުމާއި ޔަމަހާ އިންޖީނުތަކަށް ބޭނުންވާ ސްޕެއާޕާޓްސް އެލިއާ އިން އަބަދުހެން ލިބެން ހުރުމާއި ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ވެސް ޔަމަހާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަކީ ކަސްޓަމަރުން އެ ކުންފުނީގެ ހިދުމަތްތަކަށް އިތުބާރު ކުރާ ސަބަބެކެވެ.

މިހާރަށް ވުރެ ވެސް ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެލިއާ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް