އެމްޕީއެލްގެ އެމްޑީގެ މަގާމަށް އަލަށް އައްޔަންކުރި މުހައްމަދު ވަޖީހު އިބްރާހިމް (ކ)އަށް އެ ކުންފުނީގެ މުވައްޒަފުން މަރުހަބާ ކިޔުން. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

ވަޖީހު އެމްޕީއެލްއާ ހަވާލުވީ 2 ދުވަހުގެ މަސައްކަތް 1 ދުވަހުން ކުރުމުގެ އަމާޒުގައި

ވަޖީހު ވަނީ މީގެ ކުރިން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފައި
30 ނޮވެމްބަރު 2023
3

ތަޖުރިބާގެ އަލީގައި 48 ގަޑިއިރުގެ މަސައްކަތް، އެންމެ 24 ގަޑިއިރުގެ ތެރޭގައި ކުރައްވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތް މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުއްވައިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަޖީހު އައްޔަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބުނީ ކީކޭ؟ - އެ މަގާމު ލިބިވަޑައިގަތުމުން އަމިއްލަ ފޭސްބުކް އެކައުންޓުން ވަޖީހު ވަނީ އެ ދުވަހު ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.

"ތިޔަ ހަވާލުކުރެއްވި މަސްއޫލިއްޔަތާ އެކު މަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތުގައި އިހުލާސްތެރިކަމާ އެކު ވަރުބަލިވުމެއް ނެތި، އިންޝާﷲ އަޅުގަނޑު ދެމި ހުންނާނަން،" އެ ޕޯސްޓުގައި ވަޖީހު ވިޑާޅުވި އެވެ.

"އަމާޒަކީ، ލިބިފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި 24 ގަޑިއިރުތެރޭ 48 ގަޑިއިރުގެ މަސައްކަތް ކޮށް، ފުރިހަމަ ނަތީޖާއެއް ނެރެ، ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ހުރިހާ ކަމެއް ބަދަލު ކުރުން."

އެ ޕޯސްޓުގައި އިނގިރޭސި ބަހުން ލިޔެފައިވާ ބައިގައި ވަޖީހު ވިދާޅުވީ ކާމިޔާބު ހޯދާ މީހުން ކުރަނީ ތަފާތު ކަންތައްތައް ނޫން ކަމަށާއި އެ މީހުން ކަންތައްތައް ކުރާނީ ތަފާތު ގޮތްތަކަށް ކަމަށެވެ.

ތަފްސީލު - އެމްޕީއެލްގެ އެމްޑީގެ މަގާމަށް ވަޖީހު އައްޔަންކުރިކަން އިއުލާންކޮށް ޕީސީބީން ނެރުނު ވީޑިއޯގައި ބުނާ ގޮތުގައި:

  • އޭނާ އަކީ 2013 ވަނަ އަހަރުން ފެށިގެން އެމްޕީއެލް ހިންގުމުގެ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް

  • އެ ވީޑިއޯގައި އެމްޕީއެލްގެ ކުރު ތައާރަފެއް ދެއްވައި ރައީސް މުއިއްޒަށް ތައުރީފުގެ ބަސްތަކެއް ވިދާޅުވުމަށް ފަހު، ވަޖީހު ވަނީ 48 ގަޑިއިރުގެ މަސައްކަތް 24 ގަޑިއިރުގެ ތެރޭގައި ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވާފައި

ވަޖީހުގެ ތައާރަފެއް

  • މަތީ ތައުލީމު - އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ

  • މީގެ ކުރިން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރެއްވި

  • ފުވައްމުލަކު ސްކޫލެއްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވެސް ވަޖީހު ވަނީ މަސައްކަތް ކުރައްވާފައި

ކޮމެންޓް (3)

އަދުރޭ ދަރި

30 ނޮވެމްބަރު 2023
ބަސްވެސް ވަރައް ހަލުއިވާނެ މިސޮރުގެ
1 0

ހަބޭސް ވޖ

30 ނޮވެމްބަރު 2023
ކަލޯ ބުނެދީފާނަންތޯ އެކިދައުރުތަކުގަ ކިހާދުވަހަކު އެމްޕީއެލްގަ އުޅުނިންތޯ؟ ކީއްވެގެންތޯ ކުރިން މުސާރަ ނަގައިގެން ތިޔަފަދަ މެގަސްޕީޱުގަ ކަންތައްނުކުރީ؟
1 0

ހާޖީ

30 ނޮވެމްބަރު 2023
މޮޅުވާހަކަ ނުދައްކާ ، އެހެންވީއިރު ހަފްތާގެ މަސައްކަތް އެއްދުވަހު ކޮށްފަ ބާކީހުރި ދުވަސްތައް ޗުއްޓީ ދުވަސްގޮތުގަ ހަދާލާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް