
އުރީދޫގެ މައި އޮފީސް (ފޮޓޯ/އުރީދޫ)
އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން އައިފޯނު 15 ލިބޭ ޕްރޮމޯޝަނެއް
އުރީދޫގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް، އެމް-ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް އައިފޯނު 15 ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހަ މަސްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި، އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިިން ކޮންމެ ދެ މަހަކުން ނަސީބުވެރިއަކު ހޮވައި އައިފޯން 15 ޕްރޯ މެކްސްއެއް ދޭނެ އެވެ.
ތަފްސީލް - ޔުޓިލިޓީ ބިލް ދެއްކުމާއި އެކި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ކޮންމެ މަހަކު 1،500ރ. އިން މަތީގެ މުއާމަލާތް ކުރާ ކަސްޓަމަރުންނަށް އިތުރު ކަމެއް ކުރުމަކާ ނުލައި މި ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
-
ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާ އެކު ދެއްކޭނެ
-
ޔުޓިލިޓީ ބިލް ދެއްކުމުގެ އިތުރުން، ރާއްޖޭގެ ގިނަ ފިހާރަތަކާއި މަގުބޫލު ކެފޭޭ، ރެސްޓޯރެންޓުތަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ
އެމް-ފައިސާއަށް ރަޖިސްޓްރީކުރާނީ ކިހިނެއް؟
އުރީދޫގެ އެޕް ޑައުންލޯޑުކުރުމަށް ފަހު:
-
އެމް-ފައިސާ ހިޔާރުކުރުމަށް ފަހު ރެޖިސްޓްރޭޝަނަށް ފިއްތާލާ
-
މައުލޫމާތު ފުރިހަމަކޮށްލުމަށް ފަހު، އެކައުންޓް އެކްޓިވޭޓްކުރަން ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ
-
މޮބައިލް ނަންބަރު ޖެހުމަށް ފަހު، ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާ
-
ދެ ވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު، ކުރިން ޖެހި ޕިން ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީ ނަންބަރެއް ލިބޭނެ
-
އެ އޯޓީޕީ ނަންބަރު ޖަހައި ރަޖިސްޓްރޭޝަން ފުރިހަމަކޮށްލާ
އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
ކޮމެންޓް