މީޑިއާނެޓުގެ އޮފީސް. (ފޮޓޯ/މީޑިއާނެޓް)

މީޑިއާނެޓް

މީޑިއާނެޓުގެ އެމްއެސް ގްލޯބަލް އިޝްތިހާރު ކުރަން ލަންކާގައި ހަރަކާތެއް

އެމްއެސް ގްލޯބަލް އަކީ ރާއްޖޭން ބޭރުގައި އުޅޭ މީހުންނަށް މީޑިއާނެޓުގެ ކޮންޓެންޓު ފެންނާނެ ހިދުމަތެއް

މިޑިއާނެޓުގެ 'އެމްއެސް ގްލޯބަލް'ގެ ހާއްސަ ހަރަކާތެއް ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 'އެންމެންނަށް މީޑިއާނެޓު'ގެ ދަށުން މީޑިއާނެޓުން ވަނީ ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން 'އެމްއެސް ގްލޯބަލް'ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށްފަ އެވެ. އެ ހިދުމަތާ އެކު، ރާއްޖޭން ބޭރުގައި އުޅޭ މީހުންނަށް ވެސް ފަސޭހަކަމާ އެކު މީޑިއާނެޓުގެ ކޮންޓެންޓު ފެންނާނެ އެވެ.

ތަފްސީލް - އެމްއެސް ގްލޯބަލްގެ ހިދުމަތަށް ހާއްސަކޮށްގެން ލަންކާގައި ބާއްވާ ހަރަކާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

  • ލަންކާގެ ގުރުވަ ކެފޭގައި އެ ހަރަކާތް އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 10އަށް

  • އެ ހަރަކާތުގެ ތެރެއިން އެމްއެސް ގްލޯބަލްގެ ހިދުމަތާ ބެހޭ މައުލޫމާތު ދީ، ރަޖިސްޓްރީ ކުރުން ކުރިއަށްދާނެ

  • އެމްއެސް ގްލޯބަލް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ

މީޑިއާނެޓުން ބުނީ އެ ހަރަކާތުގެ ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ މިއުޒިކް ހަރަކާތްތަކާ ވެސް އެކު ކަމަށެވެ. މިއީ ލަންކާގައި އުޅޭ ދިވެހިންނަށް އެއް ތަނަކުން ބައްދަލުވެލަން ލިބޭނެ ފުރުސަތަކަށްް ވެސް ވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

އެމްއެސް ގްލޯބަލް

  • އެމްއެސް ގްލޯބަލް ލައިޓު މެދުވެރިކޮށް ޓީވީން ކޮންޓެންޓު ފެންނާނެ؛ ޕެކޭޖުގެ އަގަކީ މަހަކު 199ރ.

  • އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް ފޯނުން ކޮންޓެންޓު ފެންނާނެ؛ ޕެކޭޖުގެ އަގަކީ މަހަކު 74ރ.

  • މި ހިދުމަތް ބޭނުންކުރަން ބޭނުންވާނީ ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް