ދައުލަތުގެ ޓެކްސް އިދާރާ، މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިދިޔަ މަހު 2 ބިލިއަންގެ އާމްދަނީއެއް؛ ލަފާކުރި ވަރަށް ވުރެ %29 އިތުރު

މީރާ އިން ބުނީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ލިބުނު މިންވަރު އިތުރުވީ، ޓެކްސް ދައްކަން ޖެހޭ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވާތީ ލަސްކުރުމުން ކަމަށް

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށާއި މިއީ މި މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ %29.7 އިތުރު އަދަދެއް ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ އިދާރާ އިން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ލިބުނު 2 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގަައި ޑޮލަރުން ލިބުނު 77.10 މިލިއަން ވެސް ހިމެނެ އެވެ.

  • މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ވުރެ %61.3 އިތުރު އަދަދެއް

ތަފްސީލް - މީރާ އިން ބުނީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ލިބުނު މިންވަރު އިތުރުވީ، ޓެކްސް ދައްކަން ޖެހޭ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވާތީ ލަސްކުރުމުން ކަމަށެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:

  • ޖީއެސްޓީ - 1.3 ބިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %65.74)

  • އިންކަމް ޓެކްސް - 161 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %8.02)

  • ޓޫރިޒަމް ލޭންޑް ރެންޓު - 152 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %7.9)

  • ގްރީން ޓެކްސް - 92 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ - 69 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %3.83)

ފާހަގަ ކުރެވޭ ކަމެއް - މީރާގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާ މެދުވެރިކޮށް މި އަހަރު ދައުލަތަށް 17 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

  • އޭގެ ތެރޭގައި ޑޮލަރުން ލިިބުނު 633 މިލިއަން އާއި ދިވެހި ފައިސާ އިން ލިބުނު 7.9 ބިލިއަން ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް