މިފްކޯ ގެ އާ ލޯގޯ (ފޮޓޯ/މިފްކޯ)

މިފްކޯ

30 އަހަރަށް ފަހު މިފްކޯގެ ލޯގޯ ބަދަލުކޮށް 'ފަސްމީރު' ޒަމާނީ ކުރަނީ

މިފްކޯއިން ބުނީ އާ ލޯގޯއިން މިފްކޯގެ އެންމެ މުހިއްމު އަސާސް ކަމުގައިވާ ދިވެހި މަސްވެރިކަން ރަމްޒުކޮށްދޭނޭ ކަމަށް

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް 30 އަހަރު ފުރުމާ ދިމާކޮށް ކުންފުނީގެ ލޯގޯ ބަދަލުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން މިދިޔަ ޖޫން މަހު ކުންފުނީގެ ބޯޑުން ފާސްކޮށް އެ ލޯގޯ އާންމުކޮށް ސޯޝަލް މީޑިއާގައި ބޭނުންކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް ލޯގޯ ތައާރަފު ކުރީ މިއަދު ކަމަށެވެ.

ތަފްސީލް  - ލޯގޯ ބަދަލު ކުރުމާ ގުޅޭގޮތުން އެ ކުންފުނިން ބުނީ:

  • ކުރީގެ ލޯގޯ ފުރަތަމަ ބޭނުން ކުރަން ފެށި ދުވަސްވަރު ވަރަށް ފުރިހަމަ ނަމަވެސް މިހާރުގެ ޑިޖިޓަލް މީޑިއާތަކުގައި ކުރީގެ ލޯގޯ ބޭނުން ކުރަން ދަތިތަކާ ކުރިމަތިވެފައިވޭ

  • އާ ލޯގޯ ފަރުމާކުރީ ފަންނީ ތަޖުރިބާކާރުންނާ އެކު ގިނަ މަސައްކަތްތަކެއްކޮށްގެން 

  • އާ ލޯގޯ ފަރުމާ ކުރީ ކުރީގެ ކުލަތައް އަދި މިފްކޯގެ އަސާސްތައް ރަމްޒުކޮށްދޭ ގޮތަށް 

މިފްކޯގެ އާ ލޯގޯ

"އާ ލޯގޯ އަކީ ޒަމާނީ ހުރިހާ މީޑިއަމެއްގައި ފަސޭހައިން ބޭނުންކުރެވޭ ރީތި ދިވެހިވަންތަ ލޯގޯއެއް،" މިފްކޯއިން ބުންޏެވެ. 

އާ ލޯގޯއާ އެކު ރާއްޖޭގެ އާދަކާދައާއި ސަގާފަތް ދައްކުވައިދޭ މަންޒަރުތައް އެކުލެވޭގޮތަށް އާ ލޭބަލެއްގައި ފަސްމީރު ބްރޭންޑް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

އަލަށް ބޭނުން ކުރަން ފެށި ލޯގޯ ގައި ފިލި ނުޖަހާ ތާނަ އަކުރުން "މިފްކޯ" ލިޔެވިފައިވާ އިރު އެއިން ދޭހަވަނީ ނޫކުލައިގެ މަހެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން:

  • މި ޑިޒައިނުން މިފްކޯގެ އެންމެ މުހިއްމު އަސާސް ކަމުގައިވާ ދިވެހި މަސްވެރިކަން ރަމްޒުކޮށްދޭ މަހުގެ ސިފަ ފެނިގެންދޭ

  • ދިވެހީންނަށް ތާނައިން "މިފްކޯ" ލޯގޯއިން ފެންނައިރު ބޭރުގެ މާކެޓްތަކަށް ފެންނާނީ މި މަސް

މިލޯގޯ އާއި ލޯގޯއާ ގުޅޭ ބްރޭންޑިން މިފްކޯގެ ހުރިހާ ލިޔެކިޔުމަކާއި އުފެއްދުމެއްގައި ބޭނުންކުރަން ފެށުމުން ކުންފުނީގެ ކޯޕަރޭޓް އިމޭޖު ވަރުގަދަވާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަމާޒަކީ މި އަހަރުގެ ނިޔަލަށް މި ބަދަލު ގެނެސް ނިންމުން ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް