އެމްއެޗުއޭއިން ހުޅުމާލޭ ފޭސް އެކެއްގެ ރެއިންކްރެސްޓް ރެސިޑެންސްގައި އަލަށް ހުޅުވި ފިހާރަ (ފޮޓޯ/އެމްއެޗުއޭ)

އެމްއެޗުއޭ

އެމްއެޗުއޭ މާޓުގެ ފިހާރައެއް ހުޅުމާލޭ ފޭސް 1ގައި ހުޅުވައިފި

އެމްއެޗުއޭ މާޓުގެ އާ ފިހާރަ ހުންނާނީ ރެއިންކްރެސްޓު ރެސިޑެންސް އިމާރާތުގައި. އެމްއެޗުއޭއިން އަންނަނީ ހުޅުމާލޭ ފޭސް ދޭއްގައި ވެސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން
18 އޮކްޓޯބަރު 2023

އެމްއެޗުއޭ މާޓުގެ ފިހާރައެއް ހުޅުމާލޭ ފޭސް އެކެއްގައި ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - އަލަށް ހުޅުވި އެމްއެޗުއޭގެ ފިހާރަ ހުންނާނީ ރެއިންކްރެސްޓު ރެސިޑެންސް އިމާރާތުގަ އެވެ.

ތަފްސީލު - އެ ފިިހާރައިން އެމްއެޗުއޭއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކާއި އެމްއެޗުއޭ މާޓުގެ މާލޭ ފިހާރަތަކުން ލިިބޭ ހުރިހާ ސާމާނު، އެއް އަގެއްގައި ލިބެން ހުންނާނެ އެވެ.

އެމްއެޗުއޭގެ އާ ފިހާރައިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/އެމްއެޗުއޭ)
އެމްއެޗުއޭއިން ހުޅުމާލޭ ފޭސް އެކެއްގެ ރެއިންކްރެސްޓް ރެސިޑެންސްގައި އަލަށް ހުޅުވި ފިހާރަ. (ފޮޓޯ/އެމްއެޗުއޭ)

އެމްއެޗުއޭ މާޓުގެ ރީޓެއިލް ދެ ފިހާރަ މާލޭގައި މިހާރު ވެސް ހުރެ އެވެ. ހުޅުމާލޭ ފޭސް އެކެއްގައި އާ ފިހާރައެއް ހުޅުވި އިރު، އެމްއެޗުއޭއިން ބުނީ ފޭސް ދޭއްގައި ވެސް ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެޗުއޭ ރިވޯޑްސް

މިއީ އެމްއެޗުއޭއިން ވިޔަފާރިކޮށްގެން ބައިވެރިވެވޭ ކަސްޓަމާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި:

  • އެމްއެޗްއޭއިން ވިޔަފާރި ކުރުމުން ކަސްޓަމަރުންނަށް 'އެމްއެޗްއޭ ޕޮއިންޓްސް'ގެ ގޮތުގައި %5 އަނބުރާ ލިބޭނެ

  • ކޮންމެ ޕޮއިންޓެއް ވެސް، އެމްއެޗުއޭއިން ވިޔަފާރިކުރާ އިރު 1ރ.ގެ ގޮތުގައި އެއް އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ

  • ވިޔަފާރި ކުރާ އިރު ކަސްޓަމަރުގެ ފޯނު ނަންބަރު ބޭނުންކޮށްގެން އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެ

  • ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ރަޖިސްޓްރީކުރި ފޯން ނަންބަރު ބުނެލުމުން ޕޮއިންޓްތައް އަޕްޑޭޓްވެ، ޖުމްލަ ޕޮއިންޓުގެ ތަފްސީލު ފޯނަށް ލިބޭނެ

އެމްއެޗުއޭގެ އާ ފިހާރައިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/އެމްއެޗުއޭ)
އެމްއެޗުއޭގެ އާ ފިހާރައިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/އެމްއެޗުއޭ)

އެނގުން މުހިންމު - އެމްއެޗުއޭއަކީ 1972 ވަނަ އަހަރު ފެށި ވިޔަފާރި  އަދި މިހާރު ރާއްޖޭގެ ހޯލްސޭލް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުންޏެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް