ރަސަލް ހޮބްގެ އުފެއްދުމެއް ގަނެގެން ސިންގަޕޫރު 2ކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ވަނީ ފަށާފައި. (ފޮޓޯ/އެސްޓީއޯ)

އެސްޓީއޯ

ރަސަލް ހޮބްސްގެ އުފެއްދުމެއް ގަނެގެން ސިންގަޕޫރު ދެކޮޅު ޓިކެޓު

އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަންނަން ހޭދަކުރާ ކޮންމެ 250ރ.އަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ

އެސްޓީއޯއިން އިން ވިއްކާ ރަސަލް ހޮބްސްގެ އުފެއްދުމެއް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަންނަން ހޭދަކުރާ ކޮންމެ 250ރ.އަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

ތަފްސީލް - މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމު ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:

  • އެއް ވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓު 

  • ދެ ވަނަ އިނާމަކީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާއެއް

  • ތިން ވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް

ގުޅުން ހުރި ކަމެއް - ރަސަލް ހޮބްސް އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. އިނގިރޭސިވިލާތުގެ މި ބްރޭންޑުގެ ބަދިގޭގައި ގެންގުޅޭ އިލެކްޓްރިކް ސާމާނު އެސްޓީއޯ އިން ވިއްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް