އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ކުރިއަށް ގެންދިޔަ ބޭޑްލެބް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން (ދައުރު ފޮޓޯ/ހުސެން ސުނޭން)

ބޭޑްލެބް ގަނެގެން ޑްރޯން ލިބުނު ނަސީބުވެރިޔާ ހޮވައިފި

ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ޑީޖޭއައި މިނީ 2 ފްލައިމޯ ކޮމްބޯ ޑްރޯންއެއް ދިންއިރު، އިތުރު ހަތަރު ފަރާތަކަށް ބޯސް ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރު ދީފައިވޭ

އޭޑީކޭ ޖެނެރަލް ޓްރޭޑިން (އޭޑީކޭޖީޓީ) އިން ރާއްޖެ އެތެރެކޮށް، ވިއްކާ 'ބޭޑްލެބް' ބްރޭންޑްގެ އުފެއްދުންތައް ގަންނަ މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ޑްރޯނެއް ލިބޭ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - 15 އޮގަސްޓުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން ޑްރޯން ލިބުނު ނަސީބުވެރިޔާގެ އިތުރުން ޕްރޮމޯޝަނުގައި ހުށަހަޅާފައިވާ އިތުރު އިނާމުތައް ލިބުނު ނަސީބުުވެރިން އިއްޔެ ވަނީ ހޮވައިފަ އެވެ.

ތަފްސީލް - މި ޕްްރޮމޯޝަނުގެ ދަށުން އިނާމުތަކުގެ ގޮތުގައި ކަނޑާއަޅާފައިވަނީ:

  • ބޮޑު އިނާމު - ޑީޖޭއައި މިނީ 2 ފްލައިމޯ ކޮމްބޯ ޑްރޯން

  • އިތުރު ހަތަރު ނަސީބުވެރިންނަށް ބޯސް ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރު

ޕްރޮމޯޝަނުގެ ނަސީބުވެރިން

  • ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ ޑްރޯންގެ ނަސީބުވެރިޔާގެ ކޫޕަން ނަންބަރު:

  •  GT/487525

ބްލޫޓޫތު ސްޕީކަރު ލިބުނު ނަސީބުވެރިންގެ ކޫޕަން ނަންބަރު:

  • GT/276818

  • GT/473823

  •  GT/474597

  •  GT/485240

އެނގުން މުހިއްމު - އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނީ، އަގުހުރި އިނާމުތަކާ އެކު ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް