ޗާޖްޑް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައި ސައިކަލު ހަވާލުކުރުން (ފޮޓޯ/ ކޮކާ-ކޯލާ)

ކޮކާ-ކޯލާ

ޗާޖްޑް ޕްރޮމޯޝަންގެ ސައިކަލު ލިބޭ 4 ނަސީބުވެރިން ހޮވައިފި

ސައިކަލުގެ އިތުރުން ހެލްމެޓާއި ޖާޖްޑް ދަޅު ކޭސް ވެސް ނަސީބުވެރިންނަށް ދޭ
21 ސެޕްޓެމްބަރު 2023

ކޮކާ-ކޯލާ އިން ރާއްޖެއަށް ތައާރަފްކުރި 'ޗާޖްޑް' ބުއިމާ ގުޅުވައިގެން ކުރިއަށްގެންދާ 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަންގެ އިތުރު ނަސީބުވެރިން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ 23 ޖޫންގައި ފެށި އެ ޕްރޮމޯޝަންގެ އިތުރު ހަތަރު ބުރެއްގެ ގުރުއަތުލުމުން ހޮވުނު ނަސީބުވެރިންނަށް ސައިކަލު ހިމެނޭ ގޮތަށް އަގުހުރި އިނާމުތައް ވަނީ ދީފަ އެވެ.

  • ގުރުއަތުލުންތައް ކުރިއަށް ގެންދަނީ ޓީވީއެމް އިން ލައިވްކޮށް

ޗާޖްޑް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވުން. (ފޮޓޯ/ކޮކާ-ކޯލާ)

ތަފްސީލް - މި ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ދޭ ބެނެލީ ސައިކަލު މިހާތަނަށް ލިބުނު ހަތަރު ނަސީބުވެރިންނަކީ:

  • މުހައްމަދު އާދަމް

  • އެމްޑީ މުޝައްރަފް

  • މުހައްމަދު ރަސެލް ހުސައިން

  •  އަހުމަދު ޒާހިރު

ސައިކަލުގެ އިތުރުން، ހެލްމެޓާއި ޖާޖްޑް ދަޅު ކޭސް ވެސް އެހެން ނަސީބުވެރިންނަށް ދެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • ޖާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލާ

  • ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެ 

  • ސައިކަލު ލިބޭ ފަރާތްތައް ހޮވަން ދެން ގުރުއަތު ނަގާނީ އަންނަ އާދިއްތަ ދުވަހު އަދި އަންނަ މަހުގެ 20ގައި

  • އޭގެ އިތުރުން ވެސް، ހެލްމެޓާއި ޗާގްޑް ދަޅު ކޭސް ފަދަ އެހެން އިނާމުތައް ލިބޭ ނަސީބުވެރިން ހޮވަން ކޮންމެ ދުވަހަކު ޗާޖްޑްގެ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ވެސް ގުރުނެގުން އޮންނާނެ

ޗާޖްޑް

  • ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރުކޮށް، ވިއްކާ މި ބުއިމަކީ ކެފެއިން އެކުލެވޭ ބުއިމެއް

  • ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ޗާޖްޑް ލިބެން ހުންނާނީ %100 ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައި

  • މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް