ވިޔަނަ ޕޯޓަލް

އެޑްވަޓޯރިއަލް

ވިޔަނަ: އަހަރެއް ތެެރޭ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ރާއްޖޭގެ ހިއްސާގެ ބާޒާރުން ލިބެން ހުންނަ ފުރުސަތުތައް، ފައިސާ ހޯދަން ބޭނުންވާ ކުންފުނިތަކަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ތައާރަފުކުރި ހިދުމަތެއް
28 ސެޕްޓެމްބަރު 2023

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އިން ސެކިއުރިޓީޒް ބާޒާރު މެދުވެރިކޮށް ކުންފުނިތަކުން ޕްރައިވެޓް އުސޫލުން ފައިސާ ހޯދުމަށް މިދިޔަ އަހަރު ލޯންޗުކުރި އޮންލައިން ޕްލެޓްފޯމް 'ވިޔަނަ'އަށް އެއް އަހަރު ފުރިއްޖެ އެވެ.

ވިޔަނަ 28 ސެޕްޓެމްބަރު 2022ގައި ލޯންޗުކުރި އިރު އެމްއެސްއީގެ މައިގަނޑު އަމާޒަކަށްވީ ރާއްޖޭގެ ހިއްސާގެ ބާޒާރުން ލިބެން ހުންނަ ފުރުސަތުތައް، ފައިސާ ހޯދަން ބޭނުންވާ ކުންފުނިތަކަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތެއް ފަހިކޮށްދީ، އިންކްލޫސިވް ހިއްސާގެ ބާޒާރެއް ހަރުދަނާ ކުރުމެވެ.

އެގޮތުން ވިޔަނަ ލޯންޗުކުރުމާ އެކު ކުންފުނިތަކުގެ މަސްއޫލުވެރިކަން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަކާއި ނުލައި، ސެކިއުރިޓީ ދޫކޮށްގެން، ފައިސާ ހޯދުމުގެ ފަހި ފުރުސަތުތަކެއް ތައާރަފްކޮށްފައިވެ އެވެ.

ވިޔަނަ މެދުވެރިކޮށް ފާއިތުވެ ދިޔަ އެއް އަހަރު ތެރޭގައި އެކި ދާއިރާތަކުގެ  ކުންފުނިތަކުންވަނީ 200 މިލިއަން ރުފިޔާ ހިއްސާގެ ބާޒާރުން ހޯދައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ޔޫރޯ މާކެޓިން - ޔޫރޯ މާކެޓިން ފިކްސްޑް އިންކަމް ބޮންޑް

  •  މެޑްޓެކް ޑައިގްނޯސްޓިކްސް - މެޑްޓެކް މުޝާރަކާ މުތަނާގިސާ ސުކޫކް

  •  އެމްޕީއެލް - އެމްޕީއެލް ފިކްސްޑް އިންކަމް ބޮންޑް ޓްރާންޗް 1 

  • އެމްއެފްއެލްސީގެ ފިކްސްޑް އިންކަމް ބޮންޑް؛ ބޮންޑް ވަނީ ސެކިއުރިޓީސް އެކަށައެޅުމުގެ މަރުހަލާގައި

ވިޔަނަ ތައާރަފު ކުރި ފަހުން ވިޔަނައިގައި ރެޖިސްޓްރީވެފައިވާ އިންވެސްޓަރުންނަށް އެ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ޑައިވާސިފައި ކުރުމުގެ ފަހި ފުރުސަތުތަކެއް ވެސް ވަނީ ހުޅުވާލާފަ އެވެ. ފާއިތުވި އެއް އަހަރު ތެރޭ ވިޔަނަ މެދުވެރިކޮށް އާންމުންނާއި ކުންފުނިތައް ހިމެނޭހެން 300އަށް ވުރެ ގިނަ އިންވެސްޓަރުން ވަނީ ކުންފުނިތަކުގައި އިންވެސްޓުކޮށްފަ އެވެ.

"އެއް އަހަރުގެ މަސައްކަތުގައި، ވިޔަނަ އަށް ވަރަށް ގިނަ ކާމިޔާބީތައް ހާސިލު ކުރެވިއެޖެ. ފައިސާ ހޯދަން ބޭނުންވާ ފަރާތްތަކާއި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކާއި ގުޅުވާލެވި، ހިއްސާގެ ބާޒާރު މެދުވެރިކޮށް ތަފާތު ސިނާއަތްތަކުގެ ދަރަނީގެ ވަސީލަތްތަކަށް ފައިސާ ރެއިޒްކޮށް ލިސްޓްކުރެވިއްޖެ. އަދި ކުރިއަށް ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ވިޔަނަ މެދުވެރިކޮށް ހިއްސާގެ ބާޒާރަށް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް." އެމްއެސްއީގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވި އެވެ.

ވިޔަނަ ޕްލެޓްފޯމަށް ކާމިޔާބު އަހަރެއް ފުރުމަކީ ރާއްޖޭގެ ޕްރައިވެޓް މާކެޓް އިންވެސްޓްމަންޓް މާހައުލު ބަދަލުކުުރުމަށް އެ ޕްލެޓްފޯމުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށްދޭ ކަމެކެވެ.

ކުރިއަށް އޮތްތަނުގައި ވިޔަނައަށް އިތުރު ޕްރޮސްޕެކްޓިވް އޮފާތައް އަންނަން އޮތުމާ އެކު އިންވެސްޓަރުންނަށް އެކި އިންޑަސްޓްރީތަކުގެ އޮފާތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބި އަދި މި ޕްލެޓްފޯރމް މެދުވެރިކޮށް ފައިސާ ރެއިޒްކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ އުންމީދު ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް