Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:13 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ކޮކޯ ބޮޑުހިތި ރިސޯޓު (ފޮޓޯ/ބުކިން.ކޮމް)

ޓޫރިޒަމް

ދިގު މުއްދަތަށް ކުއްޔަށް ދޭ ވިލާއިން ޖީއެސްޓީ ނުނަގާ ރިއަލް އެސްޓޭޓް ޓެކްސެއް ނަގަން އިސްލާހެއް

އިސްލާހުގައި ބުނީ ވިއްކާ ވިލާގެ ޖުމްލަ އަގުން %4ގެ ޓެކްސެއް ނަގާނޭ ކަމަށް
14 ސެޕްޓެމްބަރު 2023

ރާއްޖޭގެ ރިސޯޓުތަކުގެ ވިލާ ނުވަތަ ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދޭއިރު އޭގެ އަގުން ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ނެގުމުގެ ބަދަލުގައި ރިއަލް އެސްޓޭޓު ނަގަން ފަށަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ޓެކްސް އަށް ބަދަލު ގެންނަން ނިންމާފައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަަހަޅާފައިވާ އިސްލާހުގަ އެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ.

ތަފްސީލް - އެ އިސްލާހުގައި ބުނީ ޓޫރިސްޓު ރިސޯޓެއްގެ ނުވަތަ އިންޓަގްރޭޓޭޑް ޓޫރިސްޓު ރިސޯޓެއްގެ ވިލާ އެއް ނުވަތަ ކޮޓަރި އެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާ އެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކާލުމުގެ ޖުމްލަ އަގުގެ %4 ރޭޓުން ޓޫރިޒަމް ރިއަލް އެސްޓޭޓު ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

މި އިސްލާހު ފާސްވުމުން މިހާރު ވިލާ/ކޮޓަރި ކުއްޔަށް ދޫކުރާއިރު ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެ އެވެ. އެގޮތުން:

  • މި ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން، ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ގަވައިދުގެ މަތިން ޓެކްސް ނުދައްކާނަމަ ޖޫރިމަނާ ކުރާނެ

  • ރިއަލް އެސްޓޭޓު ޓެކްސް އާ ބެހޭ އުސޫލުތަކާއި ޓެކްސް ނުދެއްކުމުން އަޅާނެ އިދާރީ ފިޔަވަޅުތަކާއި އެނޫންވެސް އިދާރީ ފިޔަވަޅުތައް ބަޔާންކޮށް ގަވައިދު ހަދަން ޖެހޭނީ މީރާ އިން ކަމަށް ވެސް ބުނެފައިވޭ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އިސާ މަޖިލީހަށް ހުށަހަޅުއްވާފައިވާ އެ އިސްލާހުގައިވާ ގޮތުން:

  • ރިސޯޓެއް ހިންގުމަށް އެއް ފަރާތަކަށް އެއް ފަޅަށް ވުރެ ގިނަ ފަޅު ކުއްޔަށް ދޫކޮށްފައިވާ ހާލަތުގައި، ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް، ތިން ވަނަ ފަރާތަކަށް ބަދަލު ކުރާނަމަ ވަކި ވަކި ފަޅުތަކަށް ވަލި ކުލީގެ އެއްބަސްވުން ހެދިދާނެ

  • ރިސޯޓު ހަދަން ކުއްޔަށް ދީފައިވާ ރަށް/ފަޅު ނުވަތަ ބިމުގެ މުއްދަތު އިތުރުކޮށްދޭން އެ ތަނެއް ކުއްުޔަށް ހިފާފައިވާ ފަރާތުން އެދިއްޖެ ނަމަ ގާނޫނުގެ 9 ވަނަ މާއްދާނެ (ނ) ގެ ދަށުން އެ ތަނެއް ކުއްޔަށް ހިފި ތާރީހުން ފެށިގެން 50 އަހަރަށް ވުރެ އިތުރު ނުވާނެހެން މުއްދަތު އިތުރުކޮށްދެވިދާނެ؛ އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ތެރޭ ފައިސާ ދައްކާނަމަ މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް ދައްކަންޖެހެނީ 100،000 ޑޮލަރު، އެއަށް ވުރެ ލަސްވާނަމަ އަހަރަކަށް 200،000 ޑޮލަރު

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް