ހޯރަފުށީ އެއާޕޯޓުގެ ޖެޓީގެ މަސައްކަތް ނިމިފައި (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

ހޯރަފުށީ އެއާޕޯޓު ޖެޓީ ނިންމާލައިފި

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަގަކީ 5.65 މިލިއަން ރުފިޔާ
14 ސެޕްޓެމްބަރު 2023

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ އަޅާ ނިންމާލައިފި އެވެ.

ތަފްސީލް - ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަގަކީ 5.65 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އިން ބުނީ، އެއާޕޯޓު ޖެޓީ އާއެކު، އެއާޕޯޓަށް ދިޔުމަށް އެރަށަށް ދާ އެހެން ރަށްރަށުގެ ރައްޔިތުން، ރަށުގެ ބަނދަރު ބޭނުން ކުރަން ޖެހުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އެގޮތުން:

  • ރަށުގެ ބަނދަރާއި އެއާޕޯޓު ދުރުވުމުން، އެއާޕޯޓަށް ދާން ދިގު ދަތުރެއް ކުރަން ޖެހޭ

  • ޖެޓީ ހެދުމުން ސީދާ އެއާޕޯޓަށް އާދެވޭނެ، އިތުރު ދަތުރެއް ކުރަން ހޭދަކުރަން ޖެހޭ ވަގުތު ސަލާމަތް ވާނެ

ހޯރަފުށީ އެއާޕޯޓު ޖެޓީ މަޝްރޫއުގެ ދަށުން 18،000 ކިޔުބިކް މީޓަރުގެ ނެރު ފުންކޮށް 44 މީޓަރުގެ އެއްގަމު ތޮށިލާ އެލް ބްލޮކު ބޭނުންކޮށްގެން ޖެޓީ އެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން:

  • 49 މީޓަރުގެ ބޮޑު ހިލަ ރިވެޓުމެންޓު ޖަހާފައިވޭ

  • 51،587 މީޓަރުގެ ބިން ހިއްކާ ނެރު ބައްތި ޖަހާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް