ޔަމަހާ އިން ކުރިއަށް ގެންދާ ޓްރެއިނިން ސެޝަންގެ ތެރެއިން (ފޮޓޯ/އެލިޔާ)

އެލިއާ

ޔަމަހާ މެކޭނިކުންނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފި

އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން 52 މީހުން މި ތަމްރީނުތަކުގައި ބައިވެރިވާ ކަމަށް އެލިޔާ އިން ބުނޭ
13 ސެޕްޓެމްބަރު 2023

ޔަމަހާ އައުޓްބޯޑު އަދި ސައިކަލު ސާވިސް ކުރުމަށް ހާއްސަ ފަންނީ ތަމްރީނުތަކެއް އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއީ އެލިޔާ އިން ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކެޑެމީއާ ގުޅިގެން ކުރިއަށް ގެންދާ މިފަދަ ދެ ވަނަ ތަމްރީނު ޕްރޮގްރާމެވެ.

ތަފްސީލް - މި ތަމްރީނަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީން ޖަޕާނުގައި އާންމުކޮށް ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ޔަމަހާ ބޮރޯންޒް ލެވެލްގެ ތަމްރީނުތަކެއް ކަމަށް އެލިޔާ އިން ބުންޏެވެ.

މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކޮންމެ އުފެއްދުމެއް ވެސް ސާވިސްކުރުމުގެ ތަޖުރިބާ ރާއްޖޭގެ ކޮންމެ ކަންކޮޅަކުން ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

  • އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން 52 މީހެއް މި ތަމްރީނުތަކުގައި ބައިވެރިވޭ

  • ޔަމަހާގެ އިރުޝާދާ އެކު މި ތަމްރީނުތައް ފޯރުކޮށްދެނީ ޔަމަހާ ސެޓިފައިޑް އަދި ތަޖުރިބާ ކާރު އެލިޔާގެ މެކޭނިކުން

  • މި ތަމްރީނުތައް މި މަހުގެ 25އާ ހަމައަށް ކުރިއަށްދާނެ

 މި ތަމްރީނުތައް ކުރިއަށް ގެންދަނީ ތިއަރީ އަދި އަމަލީ ސެޝަންތަކާ އެކު އެވެ.

ފާހަގަ ކުރެވޭ ކަމެއް - އެލިޔާ އިން އަންނަނީ ލޯންޗުތަކުގެ ކެޕްޓަނުން އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. ކޮވިޑަށް މެދުކަނޑާލުމަށް ފަހު އެ ޕްރޮގްރާމު އަނެއްކާވެސް މި އަހަރު ފަށާފައި ވާއިރު، އަމާޒަކީ މި ސިނާއަތުގައި ޓްރެއިން ވެފައި ތިބި ދިވެހިންގެ އަދަދު އިތުރުކުރުން ކަމަށް އެލިޔާ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް