Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:52 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އެމްއޭސީއެލްގެ މުވައްޒަފެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ %50 އަނެއްކާވެސް ޑޮލަރުން ދޭން ފަށައިފި

މި މަހުން ފެށިގެން އަނެއްކާވެސް ޑޮލަރުން މުސާރައިގެ %50 ދޭން ވަނީ ނިންމާފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައިގެ %50 ޑޮލަރުން ދެމުން ދިޔަ ދިޔުން ކޮވިޑް-19އާ ގުޅިގެން ހުއްޓާލާފައި އޮތުމަށް ފަހު، މި މަހުން ފެށިގެން އެކަން އިއާދަކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑުގެ ކުރިން އެމްއޭސީއެލްގެ މުވައްޒަފުންގެ ބައިކުޅަ ބައި މުސާރަ ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް، ކޮވިޑުގެ ހާލަތާ އެކު، ޑޮލަރު ލިބޭ މިންވަރު މަދުވުމުން، ޑޮލަރުން ދެމުންދިޔަ ބައި ދެމުން ގޮސްފައިވަނީ ދިވެހި ރުފިޔާ އިންނެވެ.

ތަފްސީލް - ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އަދި ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ، މި މަހުން ފެށިގެން އަނެއްކާވެސް ޑޮލަރުން މުސާރައިގެ %50 ދޭން ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް-19ގެެ ހާލަތާ ގުޅިގެން މުސާރައިގެ %50 ޑޮލަރުން ދެމުން ގެންދިޔަ ގެންދިއުން މެދުކަނޑާލުމަށް ފަހު ސެޕްޓެމްބަރު 2023 އިން ފެށިގެން އަލުން އަނބުރާ ދޭ ގޮތަށް ހަމަޖެއްސި ކަމުގައި ދެންނެވީމެވެ،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ސޮއިކުރައްވައި ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބުނެފައިވެ އެވެ.

ފާހަގަކުރެވޭ ކަމެއް - އެމްއޭސީއެލް އަކީ މުވައްޒަފުންނަށް އެންމެ ބޮޑު ބޯނަސްއެއް ދޭ އެއް ކުންފުންޏެވެ. ފާއިތުވި ދެ އަހަރު އަހަރީ ބޯނަސްގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް 25،000ރ. ދީފައިވެ އެވެ.

އިޝްތިހާރު

ކޮމެންޓް (1)

profile-image-placeholder

ބުލެކު

13 ސެޕްޓެމްބަރު 2023
ކަޅު ބާޒާރައް ޑޮލަރު ފޯރު ކޮށްދިނުމުގެ އިތުރު ދޮރެއް. އެންމެ ރަނގަޅު ގޮތަކީ ކޮންމެހެން ޑޮލަރު ބޭނުންވާ މުވައްޒަފުން އެ ބޭނުންވާ ވަގުތު ކުންފުނިން ޑޮލަރު ގަނެވޭނެ ގޮތް ހަދާދިނުން. މުސާރައިގެ ބައެއް ޑޮލަރުން ދިނީމަ އޭގެ ބޮޑުބައި މާރުވާނީ ކަޅުބާޒާރުގަ. ޑީޑޮލަރައިޒޭޝަންގެ ވިސްނުމާ ދިމާ އިދިކޮޅު ނިންމުމެެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް