
މީޑިއާނެޓުގެ ކަސްޓަމާ ސާވިސް ސެންޓަރެއް.
މީޑިއާ ނެޓްގެ ވީޑިއޯ ކްލަބަށް ސަބްސްކްރައިބުކޮށްގެން 10،000ރ. ލިބޭ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި
މީޑިއާނެޓްގެ ވީޑިއޯކްލަބަށް ސަބްސްކްރައިބުކޮށްގެން 10،000ރ. ލިބޭ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީޑިއާނެޓުން އެންމެ ފުރަތަމަ އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިދިޔަ މަހުގެ 10 އިން މި މަހުގެ 10 އަށެވެ. އެ ޕްރޮމޯޝަނުގެ މުއްދަތު އެއް މަހަށް އިތުރުކޮށް، އަންނަ މަހުގެ 10އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.
ތަފްސީލް - މި ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށެވެ.
ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ، ދިވެހިންގެ ރަހަތަކާ ގުޅޭ ޝައުގުވެރި ފިލްމާއި ސީރީޒް ވީޑިއޯކްލަބް ލައިބްރަރީއަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުރުމަށް ހަމަޖެހިފައިވާތީ، ވީހާ ވެސް ގިނަ ބަޔަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މީޑިއާނެޓުން މިއަދު ބުންޏެވެ.
-
'މީޑިއާނެޓް އޮރިޖިނަލްސް'ގެ ދަށުން ދިވެހި އަމިއްލަ އުފެއްދުމެއް ކަމުގައިވާ 'ގަރީނާ' ރިލީޒް ކުރަން ވަނީ ނިންމާފައި
-
ވީޑިއޯކްލަބުން މިހާރު ބޮލީވުޑްގެ ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި މަޝްހޫރު 'ޒީ 5 އޮރިޖިނަލްސް'ގައި ހިމެނޭ ފިލްމާއި ސީރީޒް ފެންނާނެ
-
ދިވެހި އަދި ހިންދީ ކޮންޓެންޓްގެ އިތުރުން އިނގިރޭސި އަދި ޓާކިޝް މަގުބޫލު ސީރީޒްތަކާއި ފިލްމުތައް ވެސް ވީޑިއޯކްލަބަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުކުރުމަށް ވަނީ ނިންމާފައި
ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަބްސްކްރައިބް ކުރުމަށް:
-
ފޯނަށް އެޕް އެޅުމަށް ފަހު، އެމްއެސް ކޮމްބޯ ޕެކޭޖު 12 މަހަށް ނެގޭނެ؛ މިއީ ވީޑިއޯކްލަބާ އެކު، މީޑިއާނެޓުގެ ޓީވީ ޗެނަލްތައް ބަލާލެވޭނެ ޕެކޭޖަކަށް ވާއިރު، މި ޕެކޭޖްގެ އަގަކީ 12 މަހަށް 555ރ.
-
ހަމައެކަނި ވީޑިއޯ ކްލަބް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޯނުން ވީޑިއޯކްލަބްގެ ހުރިހާ ކޮންޓެންޓެއް 12 މަހަށް 333ރ. ދައްކައިގެން ބެލޭނެ
މި ޕްރޮމޯޝަންގެ ދަށުން މީގެ ކުރިން ވީޑިއޯ ކްލަބަށް ސަބްސްކްްރައިބްކޮށްފައިވާ ފަރާތްތަކަށް ވެސް 12 މަހަށް ފައިސާ ދައްކައިގެން ވީޑިއޯ ކްލަބް އަދި މީޑިއާނެޓްގެ ޗެނަލްތައް ހަމަ މި އަގުތަކުގައި ބެލޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ ކުއިކްޕޭއަށް ޒިޔާރަތްކޮށް، ފަސޭހަކަމާ އެކު ޕެކޭޖް ގަނެވޭނެ އެވެ.
ކޮމެންޓް