
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. (ދައުރު ފޮޓޯ)
ފަވަރައިން ކުރި މުއާމަލާތްތަކުގެ އަގު 100 މިލިއަން ހުރަސްކޮށްފި
ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) 'ފަވަރަ' ތައާރަފްކުރިތާ ފުރަތަމަ ހަފްތާގައި ކުރި މުއާމަލާތްތަކުގެ އަގު 100 މިލިއަން ރުފިޔާ ހުރަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަވަރަ އައިޕީއެސް ތައާރަފްކުރީ މިދިޔަ މަހުގެ 26ގަ އެވެ. އެމްއެމްއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް:
-
ފަވަރަ މެދުވެރިކޮށް ޖުމްލަ 29،773 މުއާމަލާތް ކޮށްފައިވޭ
-
އެ މުއާމަލާތްތަކުގެ އަގު 128.4 މިލިއަން ރުފިޔާއަށް އަރާ
More than MVR 100 million worth transactions within a week! Thank you for choosing Favara. pic.twitter.com/idsvNSGeWM
— Favara - MIPS (@Favara_MIPS) September 4, 2023
ތަފްސީލު - ފަވަރަ އައިޕީއެސްގެ ހިދުމަތް ތައާރަފްކުރީ ތިން ބޭންކަކާ އެކު އެވެ. އެއީ:
-
1-
ބޭންކް އޮފް މޯލްޑިވްސް
-
2-
މޯލްޑިވްސް އިސްލާމިކް ބޭންކް
-
3-
ސްޓޭޓް ބޭންކް އޮފް އިންޑިއާ
މި އަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު ބޭންކެއް އެ ސިސްޓަމްގެ ތެރެއަށް ވަންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބޭންކު ނޫން މާލީ އިދާރާތައް ވެސް އެ ސިސްޓަމްގައި ހިމަނާނެ ކަމަށް މަރުކަޒީ ބޭންކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ފަވަރައިގެ ހިދުމަތްތައް
ފަވަރައިގައި މި ވަގުތު ހިމެނެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ:
-
ފަވަރަ ޓްރާންސްފާ
-
ފަވަރަ އައިޑީ
-
ފަވަރަ ރިކުއެސްޓް
-
އެކައުންޓް ވެރިފިކޭޝަން
އިތުރަށް ކިޔާލަން -
ކޮމެންޓް