
މީޑިއާނެޓުގެ ކަސްޓަމާ ސާވިސް ސެންޓަރެއް
ކުޑަކުދިންގެ ޕްރޮގްރާމްތަކަށް ހާއްސަ މޫންބަގް ޗެނަލް މީޑިއާނެޓަށް
މީޑިއާނެޓު މެދުވެރިކޮށް ކުޑަކުދިންގެ ޗެނަލް 'މޫންބަގް' ވަރަށް އަވަހަށް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެނގުން މުހިއްމު - މީޑިއާނެޓަކީ ރާއްޖޭގެ އެންމެ ބޮޑު ޓީވީ ހިދުމަތް ފޯރުކޮށްދޭ ކުނފުންޏެވެ. އެ ކުންފުނީގެ ޗެނަލް ލައިނަޕުގައި ހުރިހާ އުމުރެއްގެ ފަރާތްތަކާއި ގުޅޭ އަދި ގަޔާވާ ޗެނަލްތައް ހިމެެނޭއިރު، އޭގެ ތެރޭގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޗެނަލްތަކާއި ޕްރޮގްރާމްތައް ހިމެނެ އެވެ.
ތަފްސީލް- މީޑިއާނެޓުން ބުނީ އެ ކުންފުނިން މިހާރު ތައްޔާރުވަނީ ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކަށް ހާއްސަ ޗެނަލް 'މޫންބަގް' އެ ކުންފުނީގެ ޗެނަލްތަކުގެ ތެރެއަށް އިތުރު ކުރުމަށް ކަމަށެވެ.
މިއުޒިކާއި ކުޅިވަރު އަދި ތައުލީމީ ޕްރޮގްރާމްތަކެއް ހިމެނޭ މި ޗެނަލް ހާއްސަ ވަނީ، މި ޗެނަލްގައި ހިމެނޭ ޕްރޮގްރާމްތަކަކީ ހަމައެކަނި ޓީވީން ބަލާލުމުގެ އިތުރަށް، ކުޑަކުދިން އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓްގައި ޝާމިލުވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ވާތީ އެވެ.
މިއީ ޝައުގުވެރި މާހައުލެއްގައި ކުއްޖާގެ ވާހަކަދެއްކުމާއި އިލްމު ކުރިއެރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާނެ ކަމަށް މީޑިއާނެޓުން ފާހަގަކުރެ އެވެ.

-
'މޫންބަގް' ޗެނަލްގައި ޔޫޓިއުބް ސްޓްރީމިންގް ޕްލެޓްފޯމްގައި މަޝްހޫރު އަދި ދިވެހި ކުދިންގެ މެދުގައި މަގްބޫލު ގިނަ ޝޯވްތައް ހިމެނޭ
-
އޭގެ ތެރޭގައި، ތުއްތު ކުދިންގެ މެދުގައި އެންމެ މަގްބޫލު މިއުޒިކަލް ޝޯ 'ކޮކޯ މެލަން'، އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޝޯ 'ބްލިއްޕީ' އަދި ކުޅިވަރު ކާޓޫން ޝޯ 'ސުޕަ ސްޓައިކާޒް' ހިމެނޭ
-
މި ޕްރޮގްރާމްތަކުގެ އިތުރުން ވެސް، ޝައުގުވެރި އެތައް ޝޯވްތަކެއް މި ޗެނަލުން ކޮންމެ ދުވަހަކު ވެސް ދައްކާނެ
ބުނީ ކީކޭ؟ - މީޑިއާނެޓުން ބުނީ، ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި، ހުރިހާ އުމުރަކާ ގުޅޭ ޝޯތަކާއި ކޮންޓެންޓް ގެނެސްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަގްބޫލު ޗެނަލްތަކާ އެކު މަޝްވަރާކޮށް، ދިވެހިންގެ ޓީވީ ސްކްރީންތަކާ ހިސާބަށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް