
ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދިނުމަށް ރޭ ބޭޢްވި ރަސްމިއްޔާތު (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށް، ރޭ އެވޯޑު ދީފި އެވެ.
ވީ ކިހިނެއް؟ - ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އެވޯޑު ދިނުމުގެ ހަފްލާގައި، އެންމެ ރަނގަޅު މުވައްޒަފުންނާ އެވޯޑު ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.
ތަފްސީލް - މިދިޔަ އަހަރުު ބޭންކުގެ އެންމެ ރަނގަޅު މުވައްޒަފުންގެ ގޮތުގައި ހޮވުނީ:
-
އެމްޕްލޯއީ އޮފް ދަ އިޔާ - ހުޒާތު އަލީ (ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް)
-
ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް - މާކެޓިން ޓީމް އަދި ބަދުރުއްދީން ހަސަން (ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް)
-
ބެސްޓް ލީޑާ އެވޯޑު - ފާތިމަތު ހަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް)
-
ބެސްޓް މެނޭޖާ އެވޯޑު - ޝާއިގު އަހުމަދު (ކަސްޓަމާ ސާވިސް މެނޭޖަރު)
މީގެ އިތުރުން، ރޭގެ ހަފްލާގައި، އެންމެ ރަނގަޅު އަތޮޅު ބްރާންޗާއި އެންމެ ރަނގަޅު ޓީމު އަދި ކަސްޓަމާ ސާވިސް ސްޓާ އެވޯޑުގެ އިތުރުން އެވޯޑް ފޯ އިނޮވޭޝަންގެ ނަމުގައި ވެސް އެވޯޑެއް ދީފައިވެ އެވެ.
ބުނީ ކީކޭ؟ - މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ، ބީއެމްއެލްގެ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވައިފަ އެވެ.
ކާލް ވިދާޅުވީ ބޭންކުގެ ސްޓްރެޓަޖީގައި އިސްކަން ދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގުމަށް ގާބިލް، މަސައްކަތަށް ފަރުވާތެރި އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތް ދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަހުމިއްޔަތުކަމެއް ދޭ އެއް ކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ.
-
ބޭންކުގެ %99 މުވައްޒަފުންނަކީ ދިވެހިން
-
އޭގެ ތެރެއިން ތިން ބައިކުޅަ އެއް ބައި މުވައްޒަފުން މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ރަށްރަށުގައި