
އުރީދޫ މަސް ރޭސް ފުވައްމުލައް މުބަރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ހަވާލުކުރުން (ފޮޓޯ/އުރީދޫ)
އުރިދޫ މަސްރޭސް: ފުވައްމުލަކު ޗެމްޕިއަނަކީ ޓީމް ރީފް ރައިޑާސް
ފުވައްމުލަކުގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް ހޯދައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި އައްޑޫ އަދި ފުވައްމުލަކުގައި މި އަހަރު އުރީދޫ މަސްރޭސް ކުރިއަށް ގެންދިޔަ އިރު، އެންމެ ފަހު ރޭސް ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކުގަ އެވެ.
ތަފްސީލް - ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އުރީދޫ މަސްރޭސްގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ހޯދީ 1326.45 ޕޮއިންޓާ އެކު އެވެ.
-
އެ ޓީމަށް 25،000ރ.ގެ ފައިސާގެ އިނާމު ދީފައިވޭ
-
ދެ ވަނައަށް ދިޔައީ ޓީމް ނަގާއި ހާލީ؛ އެ ޓީމަށް 335 ޕޮއިންޓު ލިބުނު
-
ތިން ވަނައަށް ދިޔައީ މޭރި ބޮލް ޓީމު؛ އެ ޓީމަށް 175.8 ޕޮއިންޓު ލިބުނު
ފުވައްމުލަކުގައި ބޭއްވި މަސްރޭހުން އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 8.05 ކިލޯގެ ރޫބީ އެކެވެ.
-
އެންމެ ބަރުމަސް ބޭނީ ރީފް ރައިޑާސް ޓީމުގެ އަބްދުﷲ އިބްރާހިމް
-
އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރު ކަމަށްވާ ސީގިއާގެ ފަރާތުން ވަނީ ގިފްޓް ޕެކެއް ހަދިޔާކޮށްފައި
-
އެންމެ ބަރު މަހުގެ އިތުރުން އަބްދުﷲ އިބްރާހިމް ވަނީ ޖުމްލަ 17 މަސް ބާނައި ފުވައްމުލަކު މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ހޯދާފައި
-
އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނު