އެމްއެމްއޭގެ ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާހުކުރުން. މި ނިޒާމު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްއޭ

'ފަވަރަ': ފައިސާގެ މުއާމަލާތް ކުރާ ނިޒާމުގެ މަލަމަތި ބަދަލުކޮށްލާ ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

އިންސްޓެންޓް ޕޭމަންޓް ސިސްޓަމްއާ އެކު ފައިސާ ފޮނުވުމުގައި ހުރި ދަތިތައް ނައްތާލައި، ފައިސާގެ މުއާމަލާތްތައް ވަގުތުން ކުރުމަށް މަގުފަހިވާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނޭ

ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ފަވަރަ'ގެ ނަމުން ނަންދީފައިވާ މި އައިޕީއެސް އިފްތިތާހު ކުރީ މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ފަވަރަ އަކީ، ފަސޭހަ، ވަގުތުން އަދި ރައްކާތެރި މި ތިން ބަހުގެ ފުރަތަމަ އަކުރު އެއްކޮށްލައިގެން އުފައްދާފައިވާ ބަހެކެވެ.

އެ ސިސްޓަމް އިފްތިތާހު ކުރީ، 25 ޖުލައި އިން ފެށިގެން ޓެސްޓް ކުރުމަށް ފަހު އެވެ. ޓެސްޓިން މަރުހަލާގައި ބައިވެރިވީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)

އިންސްޓެންޓް ޕޭމަންޓް ސިސްޓަމްގެ މުހިންމު ބައެއް ސިފަތައް

  • ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތް (އިންސްޓެންޓް ޕޭމަންޓް)

  • ފައިސާ ހޯދުމަށް ފަސޭހަ ގޮތެއް (ރިކުއެސްޓް ޓު ޕޭ)

  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)

  • އެކައުންޓްގެ ސައްހަކަން ކަށަވަރު ކުރުން (އެކައުންޓް ވެރިފިކޭޝަން)  

އިތުރަށް ކިޔާލަން:

ކޮމެންޓް (1)

މުޙައްމަދު

27 އޯގަސްޓު 2023
ތީތި އަދި މަސައްކަތެއް ނުކުރޭ. ފަތިހު ފޮނުވި ލާރި އަދި ނުލިބޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް