ވެލިގާ އެފްޕީއެލް 2023/23 ގައި ބައިވެރިވުމުގެ ސުންގަޑިއަކީ 30 ސެޕްޓެމްބަރު.

ވެލިގާ ހާޑްވެއާ

ވެލިގާ އެފްޕީއެލް ލީގު: މި ފަހަރު ވެސް ބޮޑެތި ގިފްޓް ވައުޗާތަކެއް

ވެލިގާ އެފްޕީއެލްގައި ކޮންމެ މަހަކު އަދި މުޅި މުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތާއި އިތުރު 10 ފަރާތަކަށް ގިފްޓް ވައުޗާ ލިބޭނެ
8 އޯގަސްޓު 2023

ފެންޓަސީ ޕްރިމިއާ ލީގު (އެފްޕީއެލް) މެނޭޖަރުންގެ މެދުގައި މަގުބޫލު ވެލިގާ އެފްޕީއެލް 2023/24ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެނގުން މުހިންމު - އެފްޕީިއެލް އަކީ ފުޓުބޯޅައަށް އަދި ވަކިން ހާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުގައި އެއްވެސް އަގަކާ ނުލައި ވާޗުއަލް މެނޭޖަރެއްގެ ގޮތުގައި ރަޖިސްޓްރީވެ، ޕްރިމިއާ ލީގު ޓީމުތަކުގެ ސްކޮޑުން ކުޅުންތެރިން ނަގައިގެން އަމިއްލަ ވާޗުއަލް ޓީމެއް ހަދައިގެން މެނޭޖު ކުރެވޭނެ އެވެ. އެފްޕީއެލްގެ ބައެއް ގަވާއިދުތަކަކީ:

  • ވާޗުއަލް ޓީމަށް ކުޅުންތެރިން ނެގޭނީ ކޮންމެ ޕްރިމިއާ ލީގު ޓީމަކުން ގިނަވެގެން ތިން ކުޅުންތެރިން

  • ވާޗުއަލް ޓީމަށް ކުޅުންތެރިން 'ގަނެވޭނީ' ފަށާއިރު ދީފައިވާ ބަޖެޓަކުން

  • ޕޮއިންޓު ލިބޭނީ ވާޗުއަލް ޓީމުގައި ހިމެނޭ ކުޅުންތެރިން، އެ ހަފްތާއެއްގައި އަސްލު ކުޅޭ މެޗުގެ ޕާފޯމަންސަށް ބިނާކޮށް

ވީ ކިހިނެއް؟ - ވެލިގާގެ އެފްޕީއެލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އެފްޕީއެލް އެޕްލިކޭޝަންގައި ޓީމެއް ރަޖިސްޓްރީކުރުމަށް ފަހު ވެލިގާ އެފްޕީއެލް ލީގުގައި ބައިވެރިވުމަށް:

  • ވެލިގާ އެފްޕީއެލްގެ ލީގު ކޯޑު (kk289g)

  • އޮޓޯ ޖޮއިން ލިންކު މެދުވެރިކޮށް

  • ލީގުގައި ބައިވެރިިވުމުގެ ސުންގަޑި - 30 ސެޕްޓެމްބަރު  

އެއްވެސް އަގަކާ ނުލައި ބައިވެރިވެވޭ ވެލިގާ އެފްޕީއެލްގައި ހުށަހަޅާފައިވާ އިނާމުތަކަކީ:

  • ކޮންމެ މަހަކު ވެސް އެއް ވަނައަށް ހޮވޭ މެނޭޖަރަކަށް 2،500ރ.ގެ ގިފްޓް ވައުޗަރެއް

  • މުޅި މުބާރާތުން އެއް ވަނައަށް ހޮވޭ މެނޭޖަރަށް 30،000ރ.ގެ ގިފްޓް ވައުޗަރެއް

  • އިތުރު 10 ފަރާތަކަށް 2،500ރ.ގެ ގިފްޓް ވައުޗަރު

ބުނީ ކީކޭ؟ - މިދިޔަ އަހަރުގެ ވެލިގާ އެފްޕީއެލް 2022/23އަށް ވެސް ރާއްޖޭގެ އެފްޕީއެލް ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން، އެ ކުންފުނިން ބުނީ ނިމިދިޔަ ސީޒަނުގައި ވެލިގާ އެފްޕީއެލްގައި 12،000އަށް ވުރެ ގިނަ މެނޭޖަރުން ބައިވެރިވެފައިވާ ކަމަށެވެ.

"ޕްރިމިއާ ލީގާ ދިމާކޮށް މިފަދަ ފެންޓަސީ ލީގެއް ހިންގުމުގެ މަގުސަދަކީ، ޕްރިމިއާ ލީގަކީ ގިނަ ދިވެހިން އަދި ވެލިގާގެ ކަސްޓަމަރުންގެ މެދުގައި ވެސް މަގުބޫލު މުބާރާތަކަށް ވުމާ އެކު ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް އާލާކޮށް ހަރުދަނާ ކުރުން،" ވެލިގާއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް