ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުން (ފޮޓޯ/ދިރާގު)

ދިރާގު

'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބޮޑީބޯޑަރުން ބައިވެރިވާ މި އިވެންޓު ރާއްޖޭގައި ބާއްވާ މިއީ ދެ ވަނަ ފަހަރު. މިދިޔަ އަހަރު ރާއްޖޭގައިި ބޭއްވި އިވެންޓަކީ އެ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓު
3 އޯގަސްޓު 2023

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ވިޒިޓް މޯލްޑިވްސް ޕްރޯ 2023 އަކީ އައިބީސީ ވޯލްޑް ޓުއާ މޯލްޑިވްސް ޕްރޯ ސީރީޒްގެ ދެ ވަނަ އެޑިޝަން އެވެ. މިއީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެ ކަމަށް ލަފާކުރެވިފައިވާ އިރު، 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އިވެންޓް ވަނީ އެ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓްކޮށްފަ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023

  • އިވެންޓު ކުރިއަށްދާނީ 3 - 12 އޮގަސްޓްއަށް

  • އިވެންޓު އޮންނާނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި

  • ދުނިޔޭގެ ފާހަގަކޮށްލެވޭ މަޝްހޫރު އެތައް ބޮޑީބޯޑަރުން ބައިވެރިވާނެ؛ މިދިޔަ ފަހަރަށް ވުރެ ދެ ގުނަ އިތުރަށް އެތުލީޓުން ވެސް ބައިވެރިވާނެ

ބުނީ ކީކޭ؟ - ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޮޕަރޭޝަންސްގެ ޑިރެކްޓަރު މަސްއޫދު އަލީ ސިފަކުރެއްވީ، މި އިވެންޓުގައި ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ބައިވެރިވެ، ދެ ވަނަ ފަހަރަށް މި އިވެންޓު ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގަ އެވެ.

"ރާއްޖޭގައި ބޮޑީބޯޑިން ހަލުވިކަމާ އެކު ކުރިއަރަމުން އައުމާއި އަޅުގަނޑުމެންގެ ގައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" އޭނާ ވިދާޅުވި އެވެ.

އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގައި ބާއްވާ އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމުވާނެ އިވެންޓެކެވެ.

"އެހެންކަމުން މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް، ރާއްޖޭއަކީ ކުރިއަރާފައިވާ ބޮޑީބޯޑިން މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ." އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެ ކުންފުނިން އަންނަނީ އަބަދު ވެސް އެއްބާރުލުންދެމުންނެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް