ކްލަބް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުން (ފޮޓޯ/ދިރާގު)

ދިރާގު

ކްލަބް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މި އަހަރު ކްލަބް މޯލްޑިވްސް އިން 4 ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްތައް އިންތިޒާމްކުރުމަށް މަޝްހޫރު ކްލަބް މޯލްޑިވްސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - ފުޓްސަލް ތަރައްގީކޮށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްސަލް ކުރިއެރުވުމަށްޓަކައި މި އަހަރު ކްލަބް މޯލްޑިވްސް އިން ހަތަރު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެއީ:

  •  18/30 ތާޓީ ކްލެސިކް - މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތް

  • އަށާރަ ތިރީސް

  • ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް

  • ކްލަބް މޯލްޑިވްސް

ދިރާގުން ބުނިގޮތުގައި މި އަހަރު ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަންގެ ދެ މުބާރާތާއި ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި އަންހެން ޑިވިޝަންގެ ދެ މުބާރާތްކަމަށްވާ 18/30 ފިއެސްޓާ އާއި 18/30 ކްލެސިކް ކުރިއަށްދާނީ އެކުއެކީގައި އަންނަ ހުކުރު ދުވަހު  އެވެ.

ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ދިރާގުން އެއްބާރުލުންދެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް