މޯލްޑިވިއަން އިން ފުޅަދޫ އަށް ސީ ޕްލޭން ދަތުރުތަކެއް ބޭއްވުން (ފޮޓޯ/ފޭސްބުކް)
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފުޅަދު އަށް
އީދާ ދިމާކޮށް މޯލްޑިވިއަން އިން ބ. ފުޅަދުއަށް ސީ ޕްލޭންގެ ދަތުރުތައް ބާއްވަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އޮޕަރޭޓު ކުރި ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް އެ ރަށުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ތަފްސީލު - އީދާ ދިމާކޮށް ގިނަ ބަޔަކު މި ދުވަސްވަރު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ބ. އަތޮޅު ދަރަވަންދުއަށް ވެސް ގިނަ ބަޔަކު ދެ އެވެ. އެހެން ނަމަވެސް ފުޅަދު އާއި ދަރަވަންދޫ އޮންނަނީ ވަރަށް ދުރުގަ އެވެ. މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފުޅަދު އަށް ފެއްޓީ އެހެންވެގެންނެވެ.
-
މޯލްޑިިވިއަން އިން ބުނީ ފުޅަދުއަށް ސީ ޕްލޭން ދަތުރުތައް ބާއްވަން މަޝްވަރާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް
-
އެގޮތުން ތިން އަހަރުގެ މަޝްވަރާއަށް ފަހު އިއްޔެ ވަނީ ފުރަތަމަ ދަތުރު ބާއްވާފައި
-
މި ދަތުރަށް ހޭދަވާނީ 25 މިނެޓު
-
އީދާ ދިމާކޮށް އިއްޔެ، މިއަދު އަދި މި މަހު 29 އަދި އަންނަ މަހުގެ 1ގައި ވެސް ދަތުރު އޮންނާނެ
-
ގެސްޓްހައުސްތައް ހިންގާ އަދި އެ ވިޔަފާރި ފުޅާވަމުން އަންނަ ފުޅަދުއަށް މި އަހަރުގެ ޓޫރިޒަމް ސީޒަނުގައި ގަވައިދުން ދަތުރުތައް އޮންނާނެ
ގުޅުން ހުރި - ގިނަ ބަޔަކު ދަތުރުކުރަމުންދާ މި ދުވަސްވަރު އެތެރޭގެ އުދުހުންތަކުގެ ބާރު ވެސް ބޮޑެވެ. އާންމުކޮށް އެވްރެޖުކޮށް ކުރިން ޑޮމެސްޓިކް 30 ވަރަކަށް ދަތުރު ކުރި ނަމަވެސް އީދާ ދިމާކޮށް އެ އަދަދު ވަނީ 50 އިން މައްޗަށް ގޮސްފަ އެވެ.
ފާހަގަ ކުރެވޭ ކަމެއް- ފުޅާ ދާއިރާގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ގެސްޓް ހައުސްތަކުން ގުޅިގެން އެ ރަށްރަށަށް މިހާރު ސީ ޕްލޭން ދަތުރުތައް އިންތިޒާމު ކުރެ އެވެ.