ފުޑް ކާނިވަލުގައި ހުރި އެންޒީގެ ސްޓޯލް.

އެންޒީ

އެންޒީން ކަނޑޫދޫ މިރުސް ސޯސް ތައާރަފުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ 'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލު'ގައި ހުންނަ އެންޒީގެ ސްޓޭންޑަށް ޒިޔާރަތްކޮށްގެން މި ސޯސްގެ އަޖުމަ ބަލާލެވޭނެ

ދިވެހިންގެ ރަހަތަކާ ގުޅޭ މީރު ކަނޑޫދޫ މިރުހުގެ ހާއްސަ ސޯސްއެއް އެންޒީން ތައާރަފުކޮށްފި އެވެ.

ތަފްސީލް - އެންޒީން ބުނީ މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ 'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލު'ގައި ހުންނަ އެންޒީގެ ސްޓޭންޑަށް ޒިޔާރަތްކޮށްގެން މި ސޯސްގެ އަޖުމަ ބަލާލެވޭނެ ކަމަށެވެ.

އެންޒީން ވިއްކާ ގިތެޔޮމިރުސް ސޯސްގެ ރޭންޖަށް އިތުރުކުރި 'އެންޒީ ގިތެޔޮމިރުސް ސޯސް އިން ކަނޑޫދޫ މިރުސް' އަކީ ގިނަ ބާވަތްތަކެއްގެ ކާތަކެއްޗާ އެކު ބޭނުންކުރަން މީރު ވާނެ އުފެއްދުމެއް ކަމަށް އެންޒީން ބުންޏެވެ.

އެންޒީގެ ގިތެޔޮމިރުސް ސޯސް.
  • މި ވައްތަރުގެ ސޯސް ފުޅިއެއް ވިއްކަނީ 40ރ.އަށް

  • އެންޒީގެ ހުރިހާ ފިހާރައަކުން ގަންނަން ލިބޭނެ

  • ގިނަ ރެސިޕީތަކާ އެކު ބޭނުން ކުރެވޭނެ؛ ރެޑްސޯސް ސްޕެގެޓީއާ އެކު ވަރަށް މީރުވާނެ ކަމަށް އެންޒީން ބުނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް