ފުޑް ކާނިވަލުގައި ހުރި ދިރާގު ސްޓޯލް. (ފޮޓޯ/ދިރާގު)

ދިރާގު

ފުޑް ކާނިވަލުގެ ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން އެއާޕޮޑް ޕްރޯއެއް ހޯދިދާނެ

ފުޑް ކާނިވާ ކުރިއަށްދާނީ މިރޭގެ ނިޔަލަށް
24 ޖޫން 2023

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ 'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލު'ގައި ހުރި ދިރާގު ސްޓޯލްއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް 'އެއާޕޮޑްސް ޕްރޯ' ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ދިރާގުގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ކުންފުނިން ފޯރުކޮށްދޭ ކޮންމެވެސް ހިދުމަތަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކޮންމެވެސް ޕްރޮޑަކްޓެއް ގަނެގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ތަފްސީލް - މިދިޔަ އަންގާރަ ދުވަހު ފެށި ފުޑް ކާނިވާ މިރޭ ނިމޭއިރު، ކާނިވާގެ ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއަކަށް އެއާޕޮޑް ޕްރޯއެއް ދޭނެ އެވެ.

  •  ދިރާގު ސްޓޯލްގެ '5ޖީ އެކްސްޕީރިއެންސް ޒޯން' އިން، ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮންނާނެ

  • ފުޑް ކާނިވަލްގެ ދިރާގު ސްޓޯލުން ހާއްސަ އޮފާތައް ވެސް ލިބޭނެ

ބުނީ ކީކޭ؟ - ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަފާތު، އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް