ކޮވިޑްގެ ކުރިން ޗައިނާގެ ޓޫރިސްޓުންތަކެއް ރާއްޖޭގެ ރިސޯޓެއްގައި (ފޮޓޯ/ސައުތު ޗައިނާ މޯނިން ޕޯސްޓް)

ގްރީން ފަންޑް

ގްރީން ފަންޑަށް 200 މިލިއަން އިތުރުވެ، ބިލިއަނަކަށް އަރަނީ

އެންމެ ގިނައިން ފައިސާ ޖަމާކޮށްފައި ވަނީ މާޗުގައި؛ އެއީ 105.4 މިލިއަން ރުފިޔާ

މި އަހަރުގެ ފަސް މަސްދުވަސް ފާއިތުވީއިރު، ގްރީން ފަންޑަށް 214.7 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ނެރުނު ގްރީން ފަންޑުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނު އިރު ގްރީން ފަންޑުގައި ހުރީ 988.8 މިލިއަން ރުފިޔާ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން:  

  • ގްރީން ފަންޑަށް ޖަމާވެފައި ވަނީ 476.1 މިލިއަން ރުފިޔާ

  • ގްރީން ފަންޑުން މިހާތަނަށް ހަރަދުކޮށްފައި ވަނީ 261.4 މިލިއަން ރުފިޔާ 

ތަފްސީލް - ގްރީން ޓެކުހުގެ ގޮތުގައި ޓޫރިސްޓުން އަތުން ނަގާ ފައިސާ ޖަމާކުރާ ގްރީން ފަންޑަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެގޮތުން: 

  • އެންމެ ގިނައިން ފައިސާ ޖަމާކޮށްފައި ވަނީ މާޗުގައި؛ 105.4 މިލިއަން ރުފިޔާ

  • މިދިޔަ މަހު ޖަމާވި އަަދަދު ވަނީ މަދުވެފައި؛ ޖަމާވީ 83.1 މިލިއަން ރުފިޔާ 

  • އެހެންވީ އޮފް ސީޒަނާ އެކު ޓޫރިސްޓުން އަންނަ ވަރު މަދުވުމުން

އެނގުން މުހިންމު - ގްރީން ޓެކުހުގެ ގޮތުގައި މިހާރު ނަގަނީ: 

  • ރިސޯޓް އަދި 50 ކޮޓަރިން މަތީގެ ގެސްޓްހައުސް އާއި ހޮޓަލުން ދުވާލަކު ބޮލަކަށް 6 ޑޮލަރު

  • 50 ކޮޓަރިއަށް ވުރެ ދަށް ގެސްޓްހައުސް އަދި ހޮޓާތަކުން ދުވާލަކު ބޮލަކަށް 3 ޑޮލަރު 

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ ތެރޭގައި ގްރީން ފަންޑުން ވަނީ 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ގްރީން ފަންޑުން 27 މަޝްރޫއަކަށް އަންނަނީ ހަރަދުކުރަމުންނެވެ.

  • އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ނަރުދަމާ އާއި ސާފު ބޯފެނުގެ ނިޒާމް ރަށްރަށުގައި ގާއިމް ކުރުމުގެ މަޝްރޫއުތައް

  • ދެން ހަރަދު ކުރަނީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމް ކުރުމަށް 

  • ކާށީގެ ދަތިކަން ދިމާވުމާ ގުޅިގެން ރުއް އާލާކުރުމުގެ ޕްރޮގްރާމަށް 104،888ރ. ވެސް އެ ފަންޑުން ވަނީ ހަރަދުކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް