Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 8:06 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އެމްޓީސީސީގެ އޭޖީއެމްގައި ފަހިވޯޓު ބޭނުންކުރަނީ. (ފޮޓޯ/ސްޓޮކް އެކްސްޗޭންޖު)

އެޑްވަޓޯރިއަލް

ފަހިވޯޓު: ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާތަކުގެ ބައިވެރިޔާ

އޭޖީއެމްގައި ބައިވެރިވުމަށް ފަހި ވޯޓު މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހިއްސާދާރުންނަށް އޮންނައިރު، ޕްރޮކްސީ ދިނުމުގެ އިހްތިޔާރު ވެސް ފަހި ވޯޓު މެދުވެރިކޮށް އޮވޭ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމަށް ބޭނުންކުރާ 'ފަހިވޯޓު' އަކީ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާތަކަށް ގިނަ ފަސޭހަތަކެއް ގެނެސްދިން ވެބް އެޕްލިކޭޝަނެކެވެ.

ފަހި ވޯޓު މެދުވެރިކޮށް ވޯޓުލާން ފެށި ފަހުން، ވޯޓު ގުނުމުގައި ހޭދަވާ ވަގުތަށް ވެސް ލުޔެއް ވަނީ ލިބިފަ އެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ޖަލްސާތައް ކުރިއަށް ގެންދަން ވެސް ކުންފުނިތަކުގެ ބައިވެރިއަކަށްވީ ފަހިވޯޓެވެ. ފަހިވޯޓު މެދުވެރިކޮށް ހައިބްރިޑްކޮށް ވެސް އޭޖީއެމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަހިވޯޓު ބޭނުންކޮށްގެން އޭޖީއެމްއެެއްގައި ވޯޓުލަނީ (ފޮޓޯ/ސްޓޮކް އެކްސްޗޭންޖު)

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ނުވަ ކުންފުނީގެ ތެރެއިން ހަތް ކުންފުންޏެއްގެ އަހަރީ އާންމު ޖަަލްސާގައި ފަހިވޯޓުގެ ހިދުމަތް ވަނީ ބޭނުންކޮށްފަ އެވެ. އެ ކުންފުނިތަކަކީ:

  • ދިރާގު

  • އުރީދޫ

  • އެމްޓީސީސީ

  • ބީއެމްއެލް

  • އެމްޓީޑީސީ

  • އަމާނާ ތަކަފުލް

  • އެމްއައިބީ

މީގެ އިތުރުން، ބާ ކައުންސިލްގެ އޭޖީއެމްގައި ވެސް ފަހި ވޯޓުގެ ހިދުމަތް ބޭނުން ކުރި އެވެ. މީގެ އިތުރުން، މި އަހަރު ބޭއްވި ބީއެމްއެލް އަދި އެމްޓީޑީސީގެ ހާއްސަ ގޮތުން ކުރި ޖަލްސާތަކުގައި ވެސް ފަހިވޯޓު ބޭނުންކުރި އެވެ.

ފަހިވޯޓު ބޭނުންކޮށްގެން އޭޖީއެމްއެެއްގައި ވޯޓުލަނީ (ފޮޓޯ/ސްޓޮކް އެކްސްޗޭންޖު)
  • ފަހިވޯޓު މެދުވެރިކޮށް އޭޖީއެމް ހިނގަމުން އަންނަ ވަގުތު އެޖެންޑާ ފެންނާނެ

  • އޭޖީއެމްގައި އެ ނަގާ ވޯޓުގައި ފަހިވޯޓަށް ލޮގިން ވެފައި ތިބި ހިއްސާދާރުންނަށް ބައިވެރިވެވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް