އަލްޝާލީން ބަނދެފައިވާ ލޯންޗުތަކެއް. (ފޮޓޯ/އަލްޝާލީ)

އަލް-ޝާލީ މެރިން

އާރުޓީއެލް ފެރީތަކުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: އަލްޝާލީ

އަލްޝާލީގެ ބޯޓު ޔާޑުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރަނީ އާރުޓީއެލް ފެރީތަކުގެ މަސައްކަތް

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ގާއިމްކުރަމުން އަންނަ ދަތުރުފަތުރުގެ ގައުމީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ދަށުން ފޯރުކޮށްދޭން ފަށާފައިވާ ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް، މި ހިދުމަތް މިހާރު ނުދޭ 17 އަތޮޅަށް ބޭނުންވާ 65 ފެރީ ބަނުމަށް، އަލްޝާލީ މެރިންއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެނގުން މުހިއްމު - އަލްޝާލީ މެރިން އާ ހަވާލުކޮށްގެން ބަންނަ ފެރީތަކަކީ ސަރުކާރުން ބޭނުންވާ ގޮތަށް ފަރުމާކޮށްގެން ބަންނަ ހައި ސްޕީޑު ފެރީތަކެކެވެ. ތިލަފުށީގައި ހުންނަ އަލްޝާލީގެ ބޯޓު ޔާޑުގައި ބަންނަ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އުޅަނދުތަކެކެވެ.

ހުވަދު އަތޮޅުގެ އާރުޓީއެލް ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފެރީ: މިއީ 50 މީހުންގެ ޖާގަ ހިމެނޭ ފެރީއެއް. (ފޮޓޯ/އެމްޓީސީސީ)
އާރުޓީއެލް ފެރީ ބަނުމުގެ މަސައްކަތް އަލްޝާލީ ބޯޓުޔާޑުގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ތަފްސީލް - އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ، އަލްޝާލީގެ ބޯޓު ޔާޑުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރަނީ އާރުޓީއެލް ފެރީތަކުގެ މަސައްކަތް ކަމަށެވެ.

"މިހާރު އެ ޕްރޮޖެކްޓުގެ ދަށުން އެއް ފެރީގެ މަސައްކަތް ނިންމާ ޑެލިވާކޮށްފައިވަނީ. ދެވަނަ އުޅަނދު ވެސް ޑެލިވާކުރުމުގެ މަގުމަތީގައި ވަނީ. އިތުރު ހަތަަރު ފެރީގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރު ޔާޑުގައި މައިގަނޑު ގޮތެއްގައި ކުރަނީ އާރުޓީއެލް ފެރީތަކުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ވެސް އަޅުގަނޑުމެންގެ ކޯޕަރޭޓު ކަސްޓަމަރުންްގެ ލޯންޗުތަކާއި ދޯނިތަކުގެ މަސައްކަތް ވެސް ޔާޑުގައި ކުރިއަށްދޭ."

އާރުޓީއެލް ފެރީ ބަނުމުގެ މަސައްކަތް އަލްޝާލީ ބޯޓު ޔާޑުގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ހުސައިން ސުުނައިން)
އާރުޓީއެލް ފެރީ ބަނުމުގެ މަސައްކަތް އަލްޝާލީ އިން ކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މީގެ އިތުރުން، އުޅަނދުފަހަރުގެ މަރާމާތާއި މެއިންޓެނެންސްގެ ހިދުމަތް ވެސް ދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް