އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރެއްވި ޝަޒުރާއަށް މަގާމުގެ ލިޔުން ހަވާލުކުރުން. (ފޮޓޯ/ޕީސީބީ)

އައްޑޫ އެއާޕޯޓުގެ ބޯޑަށް ސަރުކާރުން ޑިރެކްޓަރަކު އައްޔަންކޮށްފި

ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަން ހައްލުކޮށްދެއްވުމަށް އާ ޑިރެކްޓަރުގެ ކިބައިން ޕީސީބީން ވަނީ އެދިފައި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ބޭފުޅަކު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރާއި ކާސާ ހޯލްޑިންސް ހިއްސާވާ އޭއައިއޭގެ ބޯޑަށް ސަރުކާރު ތަމްސީލު ކުރާ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ޝަޒުރާ ޝާކިރު، މޫންލައިޓް/ސ. ފޭދޫ އެވެ.

ތަފްސީލް - ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، ޝަޒުރާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލުކުރުމަށް ފަހު ޕީސީބީން ވަނީ އެ އިދާރާ އިން ކުރިއަށް ގެންދިޔަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ފައިނޭންޝަލް އަދި ގަވަނެންސް ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށް، އެކަންކަން އިސްލާހުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އާ ޑިރެކްޓަރުގެ ކިބައިން އެދިފަ އެވެ.

ނަމަވެސް، އެ ކަންކަމުގެ ތަފްސީލެއް ޕީސީބީއަކުން ނުދެ އެވެ.

އެނގުން މުހިންމު - އޭއައިއޭގެ ބޯޑުގައި ތިއްބަވަނީ:

  • އެ ކުންފުނީގެ %70 ހިއްސާވާ ސަރުކާރުގެ ފަސް ޑިރެކްޓަރުން

  • އެ ކުންފުނީގެ %30 ހިއްސާވާ ކާސާ ހޯލްޑިންސްގެ ދެ ޑިރެކްޓަރުން

  • ޝަޒުރާ އައްޔަންކުރުމުން ވެސް ސަރުކާރުން އައްޔަން ކުރަން ޖެހޭ އެއް ޑިރެކްޓަރުގެ މަގާމު ހުސްކޮށް އެބައޮތް

ޝަޒުރާގެ ތައާރަފެއް

  • މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވޭ

  • މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވޭ

  • އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖަރު (އެޑްމިނިސްޓްރޭޝަން)ގެ މަގާމު އަދާކުރައްވާފައިވޭ

  • އެންމެ ފަހުން ހުންނެވީ އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރުގެ މަގާމުގައި

ކޮމެންޓް (1)

ހަސަން

30 މޭ 2023
މަރުހަބާ ޝަޒޫ - ވަރަށް ހިންގާލައްޗޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް