ޓެނިސް އެސޯސިއޭޝަނާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. (ފޮޓޯ/ބީއެމްއެލް

ބީއެމްއެލް

ޓެނިސް ކުރިއަރުވަން ބީއެމްއެލް އިން އިތުރު 3 އަހަރަށް އެހީ ދެނީ

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ
23 މޭ 2023

ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަަށް އެހީތެރިވުމަށް ޓެނިސް އެސޯސިއޭޝަނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެފައިވާ އެއްބަސްވުން މިއަދު އާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ 

  • ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒް

ތަފްސީލު - މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިިންގެ ހުނަރު އިތުރުކޮށް، ޓެނިހުގައި ކުރިއަށް ދާން ބޭނުންވާ ތަޖުރިބާ ހޯދައިދިނުމަށް، ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބުނީ ކީކޭ؟ - މި އެއްބަސްވުމާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ވިދާޅުވީ ގައުމީ ޓެނިސް ޗެންޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށާއި ޓެނިސް އެސޯސިއޭޝަނާ އެކު ބޭންކުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތުލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް، ކުރިއެރުވުމަށް އެކި ގޮތް ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

  • ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ ރަސްމީ ސްޕޮންސަރު

  • ގައުމީ ސާފިން ޓީމްތަކުގެ ރަސްމީ ސްޕޮންސަރަކީ ވެސް ބީއެމްއެލް

  •  ސްވިމިން އެސޯސިއޭޝަންގެ ގައުމީ ޕާޓްނަރަކީ ވެސް ބީއެމްއެލް

މީގެ އިތުރުން، ސްޕޯޓްސް ސްކޯލާޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން އަންނަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތުލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް