އައިލެންޑް ބްލެންޑްސްއިން އެންމެ ފަހުން މާކެޓަށް ނެރުނު ލޫސް ލީފް ޓީ ފްލޭވާތައް. (ފޮޓޯ/އިބްރާހިމް އިފާޒު)

އެޑްވަޓޯރިއަލް

އައިލެންޑް ބްލެންޑްސް: ރާއްޖެއިން ކުރިފަޅައި ދުނިޔޭގެ ބާޒާރަށް

ރާއްޖޭގައި އުފެއްދި އެކްޒޮޓިކް، ލޫސް ލީފް ޓީ ބްރޭންޑް، އައިލެންޑް ބްލެންޑްސް ވަނީ ދެ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ބްރޭންޑެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، ވިއްކަން ފަށާފައި

ސަޔަށް ލޯބިކުރާ މީހުންނަށް 'އައިލެންޑް ބްލެންޑްސް'އަކީ އާ ނަމަކަށް ނުވެދާނެ އެވެ. ނަމަވެސް ފަހަރުގައި އައިލެންޑް ބްލެންޑްސްގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ރަހަ ބަލާނުލައި ތިބުން އެކަށީގެންވެ އެވެ.

އައިލެންޑް ބްލެންޑްސްއަކީ ކޮން ބައެއް؟

'އައިލެންޑް ބްލެންޑްސް'އަކީ އެގްޒޮޓިކް، ލޫސް ލީވްސް ބޭނުންކޮށްގެން އެކި ރަހަތަކުގެ ސައިފަތް އުފައްދާ ދިވެހި ކުންފުންޏެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް ގަންނަން ލިބޭނީ މާލެ، ކްރޮސްރޯޑްސް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކުންނެވެ.

އައިލެންޑް ބްލެންޑްސް އުފެއްދި ފަހުން އަދި ވީ އެންމެ ދެ އަހަރެއްހާ ދުވަހެވެ. މި ކުރު މުއްދަތުގެ ތެރޭގައި އެ ބްރޭންޑުން ހޯދި އެންމެ ފަހުގެ ކާމިޔާބަކީ، ބައިނަލްއަގުވާމީ ބްރޭންޑެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، ވިއްކަން ފެށުމެވެ. ރާއްޖެއިން ކުރި ފެޅި އައިލެންޑް ބްލެންޑްސް މީގެ މަހެއްހާ ދުވަސް ކުރިން ތުރުކީގައި ރަޖިސްޓްރީކޮށް، ދުނިޔޭގެ ބާޒާރަށް ވަނީ ތައާރަފްކޮށްފަ އެވެ.

"ރާއްޖޭގައި ފެށި މި ބްރޭންޑު އިންޓަނޭޝަނަލް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބްރޭންޑް އިތުރަށް ތަރައްގީކޮށް ފުޅާކުރުން،" އައިލެންޑް ބްލެންޑްސްގެ ކޯ-ފައުންޑަރު ޑރ. ނަޖާދާ އަބްދުﷲ (ނަޖާ) ވިދާޅުވި އެވެ.

މޯލްޑިވްސް ފުޑް ކާނިވަލްގައި ހުރި އައިލެންޑް ބްލެންޑްސްގެ ސްޓޯލް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އައިލެންޑް ބްލެންޑްސްގެ އެންމެ ފަހުގެ އުފެއްދުންތައް ދިވެހި މާކެޓަށް ނެރުނީ ހުޅުމާލޭގައި އިއްޔެގެ ނިޔަލަށް ބޭއްވި 'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް'ގެ ތެރެއިންނެވެ. މި އާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ލޫސް ލީފް ހާބަލް ޓީގެ ހަތަރު ވައްތަރެކެވެ. އެއީ:

  • 1-

    ޑިޓޮކްސް ޓީ

  • 2-

    ފޮރެސްޓް ފްރުޓް ޓީ

  • 3-

    ލެމަން އެންޑް ޖިންޖާ ޓީ

  • 4-

    ރިލެކްސް ޓީ

އައިލެންޑް ބްލެންޑްސްއިން އެންމެ ފަހުން މާކެޓަށް ނެރުނު ލޫސް ލީފް ޓީ ފްލޭވާތައް. (ފޮޓޯ/އިބްރާހިމް އިފާޒު)

މިއީ ތުރުކީ އާއި މިސްރު ފަދަ ގައުމުތަކުގައި ހައްދާ ލޫސް ލީވްސްގެ އެކި ބާވަތްތަކުގެ ތެރެއިން ހޮވާލާފައިވާ ބާވަތްތައް ކަސްޓަމައިޒް ކުރުމަށްފަހު އުފައްދާފައިވާ ބާވަތްތަކެކެވެ.

މި ހަތަރު ބާވަތްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ފުޑް ކާނިވަލްއަށް ޒިޔާރަތްކުރި ކޮންމެ މީހަކަށް ވެސް އޮތެވެ. އަދި މިއީ ލޫސް ލީފް ޓީގެ އަޖުމަ ބަލައިނުލާ ތިބި މީހުންނަށް، ދިވެހި ކުންފުންޏެއްގެ އުފެއްދުމަކުން ތަޖުރިބާކޮށްލުމަށް ވެސް ލިބުނު ފުރުސަތެކެވެ.

ލޫސް ލީފް ޓީ

ރާއްޖޭގައި އާންމުކޮށް ވިއްކަން ހުންނަ ސައިފަތް ޕެކެޓު ނުވަތަ ޓީބޭގްސްއާ ހިލާފަށް ލޫސް ލީފް ޓީއަކީ 'ހޯލް' ނުވަތަ 'ބްރޯކަން' ލީވްސް، މާމެލާމެލި އަދި މޭވާ އެވެ.

އާންމުކޮށް ލޫސް ލީފް ޓީ ބަންދުކޮށްފައި ހުންނަ ގޮތަށް އައިލެންޑް ބްލެންޑްސް ވެސް ބަންދުކޮށްފައި ހުންނަނީ 100 ގުރާމުގެ ވަކި ޕެކެޓުގަ އެވެ. ތިމާވެއްޓާ ރައްޓެހި މި ޕެކެޓުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމަށްވާ ހައްވާ ލަހްފާ (ލަހޫ) އާއި އާމިނަތު ޝިމްހާ ޝަކީބެވެ.

އައިލެންޑް ބްލެންޑްސް ބަންދުކޮށްފައި ހުންނަ ޕެކުތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ސައިފަތް ޕެކެޓާ އަޅާބަލާއިރު ލޫސް ލީފް ޓީ ހާއްސަވާ އަދި ރަނގަޅުވާ ބައެއް ސަބަބުތައް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ލޫސް ލީފް ޓީގެ ރަހަ އާއި ވަސް ގަދަވުން

  • ސިއްހީ ގިނަ ފައިދާތަކެއް ލޫސް ލީފް ޓީގައި އެކުލެވިގެންވޭ؛ އޭގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ އެކި ވިޓަމިންސް އާއި ނިއުޓްރިއެންޓްސްގެ އިތުރުން ސިއްހީ އެކި މައްސަލަތަކާއި ބަލިތަކަށް ވެސް މިއީ ރަނގަޅު ބުއިމެއް

  • ސައިފަތް ޕެކެޓާ އަޅާބަލާއިރު ލޫސް ލީފް ޓީއަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް

ލޫސް ލީފް ޓީގެ އިތުރުން އައިލެންޑް ބްރޭންޑްސްއިން އިތުރު އުފެއްދުމެއްގެ ގޮތުގައި އަތުން ހަދާފައިވާ، ސެރަމިކް ސައި ޖޯޑު ވެސް ވިއްކަ އެވެ.

"އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އިންފިއުޒާސް އާއި އެ ނޫނަސް ޓީއާ ގުޅުން ހުރި އިތުރު އުފެއްދުންތައް މާކެޓަށް ނެރުން،" ނަޖާ ވިދާޅުވި އެވެ.

އައިލެންޑް ބްލެންޑްސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް