ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްސާނީ.

ރާއްޖެ-ގަތަރު

ގަތަރުގެ އަމީރު މަހެއް ތެރޭ 2 ފަހަރަށް ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރައްވައިފި

މިދިޔަ ކުޑަ އީދު ޗުއްޓީ ވެސް އެ މަނިކުފާނު ހޭދަކުރެއްވީ ރާއްޖޭގައި

ގަތަރުގެ އަމީރު، ތަމީމް ބިން ހަމަދު އަލްސާނީ އެއް މަސް ތެރޭ ދެ ފަހަރަށް ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރައްވައިފި އެވެ. 

ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ގަތަރުގެ އަމީރު ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރެއްވީ މިދިޔަ މަސް ތެރޭގަ އެވެ.

ތަފްސީލް - މިދިޔަ ކުޑަ އީދު ޗުއްޓީ ވެސް އެ މަނިކުފާނު ހޭދަކުރެއްވީ ރާއްޖޭގައިކަން ވަނީ ކަށަވަރުވެފަ އެވެ. އޭގެ އިތުރަށް ވެސް އެ މަހުގެ އެހެން ތާރީހެއްގައި ވެސް އެ މަނިކުފާނު ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރެއްވި އެވެ.

ގަތަރުގެ އަމީރު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާފައި ވަނީ ގަތަރުގެ ޝާހީ އާއިލާއާ ގުޅުން އޮންނަ ފަރާތްތަކެއްގެ ހިއްސާ އޮންނަ، ކ. ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓްގަ އެވެ. 

އެނގުން މުހިންމު - ހިލްޓަންގެ ދަށުން ހިންގާ އެންމެ މަތީ ފަންތީގެ ބްރޭންޑް ވޮލްޑޯފް އެސްޓޯރިއާގެ ރާއްޖޭގެ ރިސޯޓް ވެފައި ވަނީ ރާއްޖެއަށް އަންނަ މަޝްހޫރު މީހުންނާއި ގައުމުތަކުގެ ވެރިން އާންމުކޮށް ޗުއްޓީ ހޭދަކުރައްވާ ރިސޯޓެއްގެ ގޮތުގަ އެވެ. އެ ރިސޯޓްގައި ޕްރައިވެޓް އައިލެންޑެއް ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް