ޕިއްޒާ ބޯނާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޕިއްޒާ ބޯނާ

ޕިއްޒާ ބޯނާގެ ޓޭކްއަވޭ ޕިއްޒާތައް %10 އަގުހެޔޮކޮށްފި

ރޯދަމަހު ޕިއްޒާ ބޯނާއިން އޯޑަރު ނަގާނީ މެންދުރު ފަހު 2:30 އިން ދަންވަރު 1އަށް

ޕިއްޒާ ބޯނާއިން ވިއްކާ ހުރިހާ ޕިއްޒާއެއް އަގުހެޔޮކޮށް، ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

ތަފްސީލު - ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޓޭކްއަވޭ ކަސްޓަމަރުންނަށް ޕިއްޒާ ބޯނާއިން ވިއްކާ ހުރިހާ ޕިއްޒާތަކުގެ އަގުންެ ވެސް %10 ޑިސްކައުންޓެއް ލިބޭނެ އެވެ.

ރޯދަމަހު ޕިއްޒާ ބޯނާއިން އޯޑަރު ނަގާނީ މެންދުރު ފަހު 2:30 އިން ދަންވަރު 1އާ ދެމެދުގަ އެވެ. މާލޭގައި ހުންނަ ޕިއްޒާ ބޯނާގެ އެކި އައުޓްލެޓްތަކަށް ގުޅައިގެން ނުވަތަ ޕިއްޒާ ބޯނާގެ ވެބްސައިޓުން ވެސް އޯޑަރު ކުރެވޭނެ އެވެ.

ޕިއްޒާ ބަލާ ދާން ބޭނުން ނުވާ ކަސްޓަމަރުންނަށް، ގެއާ ހަމައަށް ޕިއްޒާ ގެންގޮސްދޭނެ އެވެ. ރޯދަ މަހު ޑެލިވާކުރަން ފަށާނީ ހަވީރު 4ގަ އެވެ.

ޕިއްޒާ ބޯނާގެ މެނޫ އެ ތަނުގެ ވެބްސައިޓް، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުންވެސް ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް