އެމްއެޗްއޭއިން މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ބާޒާރަށް ނެރުނު ޑޭޓް ކްރައުން ބްރޭންޑުގެ ކަދުރު.

އެމްއެޗުއޭ

އެމްއެޗްއޭއިން ރޯދައަށް ގެނައި ޔޫއޭއީގެ 'ޑޭޓް ކްރައުން' ކަދުރު ބާޒާރަށް ނެރެފި

ޑޭޓް ކްރައުން އަކީ ޔޫއޭއީގައި އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކަން ފެށި ކަދުރު ބްރޭންޑް؛ ދުނިޔޭގެ 45 ގައުމެއްގައި މި ބްރޭންޑްގެ ކަދުރުތައް ވިއްކާ
20 ފެބްރުއަރީ 2023
1

އެމްއެޗްއޭއިން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް ގެނައި ޔޫއޭއީގެ 'ޑޭޓް ކްރައުން' ބްރޭންޑުގެ ކަދުރު ޝިޕްމަންޓް ބާޒާރަށް ނެރެފި އެވެ.

ތަފްސީލު - އެމްއެޗްއޭއިން ކޮންމެ އަހަރަކު ވެސް ރޯދަމަހަށް އަމާޒުކޮށް ޑޭޓް ކްރައުން ކަދަރު ގެނެ އެވެ. އެގޮތުން، އެ ކުންފުނިން ބުނާ ގޮތުގައި މެދުނުކެނޑި ކޮންމެ ރޯދަ މަހަކު މި ކަދުރު ގެންނަތާ 25 އަހަރު ވަނީ ވެފަ އެވެ. އެހެންވެ، މިއީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ކަދުރު ބްރޭންޑެކެވެ.

އެމްއެޗްއޭއިން ޑޭޓް ކްރައުން ވިއްކަނީ ރޯދައަށް ހާއްސަ ޕެކްތަކުގަ އެވެ. ބަލްކް ޕެކުތައް ވިއްކާ ހޯލްސޭލް އަގުތަކަކީ:

  • ޑޭޓް ކްރައުން ހަލާސް 5 ކިލޯ - 190ރ.

  • ޑޭޓް ކްރައުން ހަލާސް 10 ކިލޯ - 350ރ.

  • ޑޭޓް ކްރައުން ލޫލޫ، ހަނައިޒީ އަދި ފާދުގެ 20×250 ގްރާމް - 500ރ.

  • ޑޭޓް ކްރައުން ލޫލޫ، ހަނައިޒީ އަދި ފާދުގެ 16×500 ގްރާމް - 500ރ.

  • ޑޭޓް ކްރައުން ލޫލޫ، ހަނައިޒީ އަދި ފާދުގެ 10×1 ކިލޯ - 500ރ.

އޭގެ އިތުރުން، ގޭގެއަށް މަދު އަދަދުން ގަންނަ މީހުންނަށް 250 ގްރާމް، 500 ގްރާމް އަދި އެއް ކިލޯގެ ޕެކެޓުވެސް ގަންނަން ލިބޭނެ އެވެ.

އެމްއެޗްއޭއިން ވިއްކާ ޑޭޓް ކްރައުން ކަދުރު ބްރޭންޑްތަކުގެ އެކި ޕެކުތައް.

ޑޭޓް ކްރައުން

  • މިއީ ޔޫއޭއީގައި އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކަން ފެށި ކަދުރު ބްރޭންޑް

  • ދުނިޔޭގެ 45 ގައުމެއްގައި މި ބްރޭންޑުގެ ކަދުރު ވިއްކާ

  • އެމްއެޗްއޭއިން މި ބްރޭންޑް ގެންނަތާ 25 އަހަރު؛ ދިވެހިންގެ މެދުގައި ވެސް މިއީ މަގުބޫލު ކަދުރު ބްރޭންޑެއް

ކޮމެންޓް (1)

މީހަކު!

21 ފެބްރުއަރީ 2023
ހަމަ 1 ވަނަ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް